ޑެންގޫ ހުން އިތުރުވަނީ؛ އެ ބަލީގައި ޒުވާނަކު މަރުވެއްޖެ

ޑެންގީ ހުން ފަތުރާ ބާވަތުގެ މަދިރިއެއް -- އާޓްވޯކް: އިސްމާއިލް އިމްދާދު

ޑެންގީ ހުން ފަތުރާ ބާވަތުގެ މަދިރިއެއް -- އާޓްވޯކް: އިސްމާއިލް އިމްދާދު

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ހުން ޖެހިގެން 22 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެންގޫ ޖެހިގެން ހާލުދެރަވެ މަރުވީ ށ. މިލަންދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

ޑެންގޫ ހުން ޖެހިގެން ޒުވާނަކު މަރުވެފައިވާއިރު، ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ހުސްވި މާޗު މަހުގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު، އިތުރު އަދަދެކެވެ. ފެބްރުއަރީ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 428 ކޭހެވެ. މި އަދަދުތަކަކީ މީގެ ކުރީ ތިން އަހަރާ އަޅައިބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ.

ފާއިތުވި ތިން އަހަރާއި މި އަހަރުގެ މިހައިތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތަފާސްހިސާބު -- ފޮޓޯ: އެޗްޕީއޭ
ފާއިތުވި ތިން އަހަރާއި މި އަހަރުގެ މިހައިތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތަފާސްހިސާބު -- ފޮޓޯ: އެޗްޕީއޭ

ޑެންގޫ ހުން ރާއްޖޭގައި އެންމެ ގިނައިން ފެތުރެނީ މެއި މަހުން ފެށިގެން ޖުލައި މަހާ ދެމެދު އެވެ. އަދި، ނޮވެމްބަރު ޑިސެމްބަރުގައި ވެސް ޑެންގޫ ފެތުރޭ މިންވަރު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގޫ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސްވެ އެވެ.

ޑެންގޫ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެ އެވެ.

ޑެންގޫ ހުމުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލާއި ގައިގައި ރިއްސުން އަދި މޭ ނުބައި ކުރުމެވެ.

ހުމާއެކު އިތުރު އަލާމާތްތައް ނުފެނުނު ކަމުގައިވީ ނަމަވެސް ހުން އަންނަތާ ތިން ދުވަސްވުމުން ޑޮކްޓަރަށް ދެއްކުމަށް ސިއްހީ ހިދުމަތްތެރިން ލަފާ ދެއްވަ އެވެ. ޑެންގޫ ހުމަކީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ވެސް ދިމާވެދާނެ ބައްޔެކެވެ.

ންގޫ ހުމަށް ވަކި ހާއްސަ ފަރުވާއެއް ނުދެ އެވެ. ބަލީގެ އަލާމާތްތަކަށް އާންމުކޮށް ދެނީ ޕެރެސެޓަމޯލް އެވެ. އަދި ޑޮކްޓަރުން ލަފާ ދެއްވަނީ ގިނަގިނައިން ދިޔައި ތަކެތި ބޭނުން ކުރުމަށެވެ.

ޑީހައިޑްރޭޓްވުމުން ދުރުވުމަށް, ޑޮކްޓަރުން ލަފާ ދެއްވަނީ ކޮފީ އާއި ކެފެއިން އެކުލެވޭ ބުއިންތަކާއި މައިލޯ، ކަރާ ފަނި ފަދަ ކުލަ ގަދަ އަދި ރަތް ކުލަ ހުންނަ ބުއިންތައް ބޭނުން ނުކޮށް، ލޮނު ޕެކެޓު، ކުރުނބާ ފަނި އަދި ޖޫސް ފަދަ ތަކެތި ބޭނުން ކުރުމަށެވެ.

ޑެންގޫ ހުމަކީ މާބޮޑު ޑޮކްޓަރީ ފަރުވާއެއް ނެތް ބައްޔަކަށްވީ ނަމަވެސް, ބަލި ޖެހޭ މީހުންނަށް ފަޅޯފަތުގެ ޖޫސް ދީ އުޅެ އެވެ. އެއީ ޑެންގޫ ހުމުގައި އެންމެ ބޮޑަށް މޮނިޓާ ކުރަންޖެހޭ އެއްޗެއްގެ ގޮތުގައި އެނގިފައި އޮންނަ ލޭގެ ޕްލެޓްލެޓް ކައުންޓު މަތި ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox