އިދިކޮޅު ހަރަކާތްތައް ހިންގާ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ވެރިކަން ކުރާ ޕާޓީގެ ގަރާރެއް

އެމްޑީޕީން މިފަހުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީން މިފަހުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ސަރުކާރާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކޮށް އެ ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސިލްސިލާކޮށް މަގުމަތީ ހަރަކާތްތަކެއް ހިންގަމުންނެވެ. 

ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. އެ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ މަސްލަހަތު ނަގާލުމަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި އެ ގަރާރުގައި ވަނީ ސިފަކޮށްފަ އެވެ.

Advertisement

ސަރުކާރު ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތައް އުފެދުމާއެކު މުޖުތަމައުއަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސިޔާސީ ޕާޓީތަކާއެކު މުޖުތަމައުގެ ކަންކަން ހައްދުން ނައްޓާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

މިދިޔަ ސަރުކާރުގައި ޕީޕީއެމްއިން ކުރި މުޒާހަރާތަކުގެ ވާހަކަ ގެންނެވުމުން ފަލާހު ވަނީ ޕީޕީއެމްއަކީ ޕީއެންސީ ނޫން ކަމަށް ވިދާޅުވެ އޮޅުވައިލަން މަސައްކަތް ކުރައްވާފަ އެވެ. ކުރީީގެ ރައީސް އަބްދުުالله ޔާމީން އާއި މަދު ބަޔަކު ފިޔަވައި ޕީޕީއެމްއަށް ނިސްބަތްވާ އެންމެން ތިބީ މި ސަރުކާރުގަ އެވެ. 

މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ވެސް ވަނީ ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެެ. އެގޮތުން އެމްޑީޕީގެެ ޕާލިމެންޓްރީ ގްރޫޕްްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގުމަތީގައި ހަރަކާތްތެރިވިއިރު ވެެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ކަމަށާއި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

”އިންޑިއާ އައުޓް ގޮވިއިރު ވެސް އޮތް އެެ މާއްދާ ގާނޫނުއަސާސީގައި ލިޔެވިފައި. މި ބޭފުޅުން ހަނދާނަކު ނެތް. މާލި ހަދައިގެން ނުކުމެ މަގުމަތީގައި ނުކުމެ ދުވުއިރު ވެސް ކުޑަކުދިން ބަލައި އަތްޖެހި. ރައީސް ވެސް އެ ދެއްކެވި ވާހަކަ އާއި މި ބޭފުޅުން ދެއްކެވި ވާހަކަ އަޑު އެހިއޭ،” ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ ވިދާޅުވި އެވެ. 

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މުޒާހަރާކޮށް ސަރުކާރު ވައްޓާލަން ޖެހޭ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

”ދެ އަހަރާއި ބައިވީއިރު ރައްޔިތަކަށް ވީ ކަމެއް ނެތޭ. އޭގެ ބަދަލުގައި މި ފެނިގެންދަނީ ދޮގު ހެދުމާއި ވައްކަން ކުރުން. ދިވެހި ރައްޔިތުންގެ މުޅި މާލިއްޔަތު ލޫޓުވާލާފައި ވައްކަން ކުރުން ނޫން ކަމެއް. ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ވަނީ ވައްކަން،” މައުރޫފް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ސިޔާސީ ޕާޓީއަކުން ކުރާނެ އެެންމެ ބޮޑު ކުށަކީ ވައްކަން ކުރުން ކަމަށް ވިދާޅުވެ މި ސަރުކާރުން ވައްކަން ކުރުމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

”ބަސްމަގަކުންނެއް ނޫން ސިޔާސީ ޕާޓީއެއް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އަމަލުކުރަނީއެއް ނޫން. ސިޔާސީ ޕާޓީތަކުން ކުރާ އެންމެ ހުތުރު އަމަލަކީ ވައްކަން. މި ސަރުކާރުން މި ނޫން ކަމެއް ނުކުރޭ،” މީކާއިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox