އެމްޑީޕީއަށް ބޭނުންވާ ބަދަލުގެ ރަމްޒަކީ މީކާއިލް: ޝައުނާ

ކުރީގެ މިނިސްޓަރު ޝައުނާ: އޭނާ ވިދާޅުވީ މީކާއީލްއަށް ފުރިހަމަ އިތުބާރު އޮތް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ މިނިސްޓަރު ޝައުނާ: އޭނާ ވިދާޅުވީ މީކާއީލްއަށް ފުރިހަމަ އިތުބާރު އޮތް ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީއަށް މިއަދު ބޭނުންވާ ބަދަލުގެ ރަމްޒަކީ އެ ޕާޓީގެ ޗެއާޕާސަނަކަށް ކުރިމަތިލައްވާކަން އިއުލާންކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހްމަދު ނަސީމް ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ. 

މީކާއިލްގެ ކެމްޕެއިން އިވެންޓެއްގައި ޝައުނާ ވިދާޅުވީ މީކާއީލްއަށް އޭނާގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ކުރިމަގު އުޖާލާވާނީ އާ ޖީލަކަށް ޕާޓީގެ ހިންގުން ހަވާލުކޮށްގެން ކަމަށެވެ. 

"އެމްޑީޕީއަށް ބަދަލެއް މިއަދު ބޭނުންވޭ. އެ ބަދަލުގެ ރަމްޒަކީ މީކާއީލް ނަސީމް. އަޅުގަނޑުގެ ފުރިހަމަ، ފުރިހަމަ އިތުބާރު އެބައޮތް ދެންމެ މީކާއިލް ނަސީމް އެ ވިދާޅުވެދެއްވި ކަންތައްތަކުގެ، ތަސައްވަރުގެ ފުރިހަމަ ކުލަ ޖައްސައިދެވޭނީ އާ ޖީލަކަށް އަޅުގަނޑުމެންގެ މި ޕާޓީ ހިންްގުމުގެ ކަންތައްތަކަށް ހަވާލުކޮށްދެވިގެންކަން،" ޝައުނާ ވިދާޅުވި އެވެ. 

Advertisement

ޝައުނާ ވިދާޅުވީ މީކާއީލްއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އިހުތިރާމްކުރައްވާ އަދި ލޯބިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ލީޑަރުން އުފައްދާ ޕާޓީއެއްކަން މިއަދު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވަރަށް އިހުތިރާމްކުރާ، އަޅުގަނޑުމެން ވަރަށް ލޯބިވާ ބޭފުޅެއް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓަކީ. ސިޔާސީގޮތުން އަޅުގަނޑުމެންނަށް އެތައް، އެތައް ކަމެއް އަޅުގަނޑަށްވެސް ދަސްވެފައި ހުރި، އަޅުގަނޑުމެންނަށް އެބޭފުޅުންނާއެކީގައި އެތައް ދުވަހެއް،" ޝައުނާ ވިދާޅުވި އެވެ. 

"އެތައް ޒަމާނެއް އަޅުގަނޑުމެން މަސައްކަތް ކޮށްފިން. އެހެންނަމަވެސް އަޅުގަނޑު މިއަދު ފަހުރުވެރިކަމާއެކީގައި އަޅުގަނޑަށް ދަންނަވާލަން އެނގޭނީ މި ޕާޓީއަކީ ލީޑަރުން އުފައްދާ ޕާޓީއެއްކަން މިއަދު އަަޅުގަނޑުމެންނަށް އެބަ ފެނޭ." 

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން 12، ގަ އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ ނަޝީދު އާއި މީކާއީލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox