ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީގެ މާލީ ހިސާބުތައް އާންމުކުރާނަން: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އަދަދުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: އެމްޑީޕީން ކުރާ ހަރަދުތަކުގެ ތަފްސީލް އެނގުމަކީ އެ ޕާޓީގެ އާންމު މެންބަރުންގެ ހައްގެއް ކަމަށް އޭނާ ވިދާޅުވި  --- ފޮޓޯ: އަދަދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އަދަދުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: އެމްޑީޕީން ކުރާ ހަރަދުތަކުގެ ތަފްސީލް އެނގުމަކީ އެ ޕާޓީގެ އާންމު މެންބަރުންގެ ހައްގެއް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް އަމާޒު ހިފާނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީ ހިސާބުތައް އާންމުކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

މީކާއީލްގެ އިތުބާރު ކެމްޕެއިން ޕޮޑްކާސްޓްގައި އޭނާ ވިދާޅުވީ ރަށްރަށަށް ދިޔުމުން ޕާޓީއަށް މިލިއަނުން ލިބޭ ރުފިޔާއަށް ކުރާ ހަރަދާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރާ ކަމަށެވެ. މިގޮތުން ޕާޓީގެ އާންމު މެންބަރުން ކުރާ ސުވާލަށް ހައްލު ހޯދުމަށް ޕާޓީން ކުރާ ހަރަދުތައް މަގާމަށް ހޮވިއްޖެނަމަ ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރަށްރަށަށް ދިޔާމަ އެބަ އަހައޭ ކީއްހޭ ތިކުރަނީ. ދައުލަތުން ލިބޭ ފައިސާ. އެތައް މިލިއަން ރުފިޔާއޭ. ހަތަރުބުރި ކުއްޔަށް ހިފައިގެން، ޕާޓީ އޮފީހެއް ހިފައިގެން ކީއްހޭ ތިކުރަނީ. ތިމަންނަމެންނާ ކޮބާހޭ އަޅާލުން. މާލޭގައި އެކަނިހޭ ޕާޓީ ހިނގަނީ. މިއީ ރަށްރަށުން އަޅުގަނޑުމެންނާ ކޮށްފައި ހުރި ސުވާލު،" މީކާއިލް ވިދާޅުވި އެވެ.

"އެހެންވީމަ އެކަންކަމަށް ތަސައްލީއެއް ދޭން، އެކަންކަމަށް ހައްލެއް ހޯދަދޭން އަޅުގަނޑު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީހިސާބުތައް އާންމުކުރާނަން. ޕާޓީގެ ހަރަދުތައް އާންމުކުރާނަން. ޕާޓީގެ އާންމު މެންބަރުންނަށް ހަގީގަތުގައިވެސް މި ޕާޓީއަކީ އެމީހުންގެ ޕާޓީއެއްކަމުގެ އިހުސާސް އަޅުގަނޑު ކުރުވާނަން." 

 މީކާއިލް ވިދާޅުވީ އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް އެންގެންޖެހޭނެ ކަމަށާއި އެއީ ޕާޓީގެ އާންމު މެންބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. 

"ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ޕާޓީގެ އާންމު މެންބަރުންނަށް އެބަ އެނގެންޖެހޭ. އެއީކީ ވަކި މީހެއްގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ މަތިފަޑީގައި ތިބޭ ޗެއާޕާސަނާއި ޑެޕިއުޓީންނާއި ރައީސާއި ނައިބްރައީސާއި މި މީހުންގެ އެއްޗެއް ނޫނެއްނު ޕާޓީއަކީ. ޕާޓީއަކީ އާންމު މެންބަރުންގެ ޕާޓީއެއް. އެހެންވީމަ ޕާޓީއަށް ވަންނަ ފައިސާއަށްވާ ގޮތް އެނގުމަކީވެސް އެމީހުންގެ ހައްގެއް."

މީކާއިލް އިތުރަށް ވިދާޅުވީ ކުރިން ޕާޓީ ހިންގި ބޭފުޅުންގެ ހިދުމަތްތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާކަން ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އުފެދިގެން އައީ 30 އަހަރުގެ ދިގު ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށްކަން ފާހަގަކުރައްވައި، ހުރިހާ މަގާމެއްގައި އެއް ބަޔަކު ތިބޭ ސަގާފަތް ޕާޓީގެ ތެރޭގައި ވެސް އަށަގަތުމަށް ފުރުސަތު ނުދިނުމަކީ މުހިންމު ކަމެއްކަމުގައި މީކާއީލް ފާހަގަކުރެއްވި އެވެ.

މީކާއީލްއާ ދެކޮޅަށް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.

މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox