ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސިސްޓަމް ހެކްކޮށް މިލިއަނުން ޑޮލަރު ވަގަށް ނަގައިފި

Apr 23, 2026, 9:21 AM
ލަންކާގެ ފައިނޭންޝަލް ސިސްޓަމަށް ހެކްކޮށް ބޮޑު ވައްކަމެއް ހިންގައިފި.

ލަންކާގެ ފައިނޭންޝަލް ސިސްޓަމަށް ހެކްކޮށް ބޮޑު ވައްކަމެއް ހިންގައިފި.

ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރު ސިސްޓަމަށް ހެކަރުން ވަދެ، ބޭރު ފައިސާގެ މުއާމަލާތަކާ ގުޅޭ ވައްކަމެއް ހިންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ، ލަންކާގެ ދަރަނި އަދާކުރުމުގެ ތެރެއިން ޓްރެޝަރީ ފަންޑުން 2.5 މިލިއަން އެމެރިކާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނިކޮށް، އެ ތުހުމަތުތައް ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

މިއަދު ނެރުނު ބަޔާނެއްގައި ފިނޭންސް މިނިސްޓްރީން ބުނީ، މި ހާދިސާއާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ކަމާބެހޭ މުއައްސަސާތަކަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު އަދާކުރަން ޖެހޭ ބޭރު ފައިސާގެ ދަރަންޏެއް ދެއްކުމަކާ ގުޅުންހުރި ކަމެއް ކަމަށާއި، މިކަން ސްރީލަންކާ ކޮމްޕިއުޓާ އިމަޖެންސީ ރެޑިނަސް ޓީމަށާއި ސްރީލަންކާ ފުލުހުންގެ ކޮމްޕިއުޓާ ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގެ ތަހުގީގުތަކަށްފަހު، ސްރީލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށާއި އެ ގައުމުގެ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެސް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ އެތެރޭގެ އިބްތިދާއީ ތަހުގީގެއް ހިންގާފައިވާ ކަމަށާއި، އެކަމުގައި ޒިންމާވާންޖެހޭ ބައެއް އޮފިޝަލުންނާ މެދު ފިޔަވަޅު އަޅައި، އަދަބީ ފިޔަވަޅު އެޅުމުގެ މަރުހަލާ ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިހާރު ކުރިއަށްދާ ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެ ކަމަށާއި، ތަހުގީގަށް ހުރަސް ނޭޅޭނެ ފަދަ ވަގުތެއްގައި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox