މެއި މަހު މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ

މުހައްމަދު މުއިއްޒު (ކ) އަދި ލަންކާގެ ރައީސް  އަނޫރާ ކުމާރަ ޑިސަނަޔަކެ (ވ): މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު (ކ) އަދި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ (ވ): މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ފުރަމާނަ ދަތުރެއްގައި އަންނަ މެއި މަހު މުހައްމަދު މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ. 

 ލަންކާގެ ނޫސްތަކުން ބުނީ މުއިއްޒުގެ ދަތުރާ ގުޅޭގޮތުން ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާއި ރާއްޖެއިން ލަންކާއަށް  ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ސްރީ ލަންކާއަށް މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރާ ގުޅޭ ގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. ރައީސް އޮފީހުން އާންމުކޮށް ބުނަނީ، މުއިއްޒުގެ ދަތުރުތަކާ ގުޅޭ މައުލޫމާތު އެކަމަށް އޮންނަ އުސޫލެއްގެ ދަށުން ހާމަ ކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ވެސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ރިޕޯޓުކުރި އެވެ. ނަމަވެސް އެ ދަތުރުގެ ތާރީހު ފަހުން ބަދަލު ކުރީ އެވެ. 

މުއިއްޒުގެ ދަތުރުގައި، ވިޔަފާރި އާއި އިގްތިސާދާއި ފަތުރުވެރިކަމާއި މައުލޫމާތު ބަދަލު ކުރުމާ ގުޅޭ ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް އޭރު ލަންކާގެ ނޫސްތަކުން ބުންޏެވެ. 

ރާއްޖޭގެ މިނިވަން ދުވަހުގެ ހަފުލާއަށް މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުގައި ދެ ގައުމުން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރައީސް ޑިސަނަޔަކެގެ އެ ދަތުރުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ވިޔަފާރިވެރިން ލަންކާގައި އިންވެސްޓު ކުރުމަށް އެދިވަޑައިގެންފަ އެވެ. އިންވެސްޓަރުންނަށް ފަހި މަންޒަލިކަށް ލަންކާ ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭޕްރީލް، 2019، ގައި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެ ގައުމުން ވަނީ "ކަންޓްރީ އޮފް ސެކިއުރިޓީ ކޮންސާން" ގެ ދަރަޖަ ރާއްޖެއަށް ދީފަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މީގެ ކުރިން ލަންކާއަކީ އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅެމުން އައި އެއް ގައުމެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅުނު ކަމަށް ބެލެވެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން އެ ނަންބަރު މިހާރު ވަނީ 1،500 އަށް ވެއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox