އަދަދު ނޫހުގެ މައްސަލަ ފުލުހުން ބަލަން ފެށީ ޕީޖީން އަންގައިގެން: މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު): އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަން ފެށީ ޕީޖީން އަންގައިގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ހުސައިން ޝަރީފް (މުންދު): އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަން ފެށީ ޕީޖީން އަންގައިގެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަން ފެށީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަންގައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 

ނޫސްވެރިންނާ ބައްދަލުކުރައްވާ މުންދު ވިދާޅުވީ އައިޝާ ޑޮކިއުމަންޓްރީގައި މުހައްމަދު މުއިއްޒުއަށް އަމާޒުވެފައިވާ ތުހުމަަތުތަކުގެ ވާހަކަ ދައްކާ ހުރިހާ އެންމެންނަށް ދައުވާކުރަން އެމަނިކުފާނު އެދިވަޑައިގަތުމުގެ ކުރިން އަދަދު ނޫހުގެ މައްޗަށް ތަހުގީގު ހިންގަން ޕީޖީން އިސްނަގައިގެން ފުލުހުންނަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. 

"ބައްލަވާ މި ސްޕެސިފިކް ކޭސްގައި އެދިވަޑައިގަންނަވާކަށް ނުޖެހުނޭ. ކީއްވެ. މިދެންނެވިހެން އޮތީ ޕްރޮސެކިއުޓާ ޖެނެރަލް އިން އިސްނަންގަވައިގެން ފުލުހުންނަށް ލިޔުމުން ފޮނުއްވާފައި މަތިކުރައްވާފައި އޭރުވެސް ތަހުގީގުކޮށްދެއްވާށޭ،" މުންދު ވިދާޅުވި އެވެ. 

Advertisement

މުންދު ވިދާޅުވީ ޕީޖީ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ވެސް އަދަދުގެ މައްސަލަ ބަލަމުންދާތީ އެކަން އެ ނޫހަށް އަންގާފައިވާނެ ކަމަށެވެ. 

ނަމަވެސް އަދަދު ނޫހަށް ފުލުހުން ވަދެ ބަލައިފާސްކުރީ ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަތައް ދައްކާ އެންމެންނަށް ދައުވާކުރަން ކަމާބެހޭ ފަރާތްތަކަށް މުއިއްޒު ގޮވާލެއްވިތާ 12 ގަޑިއިރުވެސް ނުވަނީސްކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ މައްޗަށް ޑޮކިއުމަންޓްރީގައި އަމާޒުވި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. 

މި މައްސަލައިގައި ފުލުހުން އަދަދު އޮފީސް ރެއިޑްކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބަލައިފާސްކުރުމުގައި ހޭދަކުރިއިރު، އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

މީގެއިތުރުން މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ފުލުހުން ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ޖުމްލަ ފަސް ޖިނާއީ ތުހުމަތެއް:

  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
  • ގަޛްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
  • ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
  • ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ

މީގެއިތުރުން މި މައްސަލައާ ގުޅިގެން ފިޔާޒް އާއި ހަސަންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއްގެ ޕާސްޕޯޓުވެސް މައްސަލައާ ގުޅިގެން ވަނީ ހިފަހައްޓާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox