މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން 500 މުވައްޒަފުން ވަކިކުރަން ނިންމެވީ އާ މިނިސްޓަރުން އައްޔަނުކުރުމަށްފަހު މިއަދު ބޭއްވި ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި، މިނިސްޓްރީތަކުން ވަކިކުރަން ނިންމާފައިވާ ސިޔާސީ މުވައްޒަފުންގެ ލިސްޓު މިނިސްޓަރުން ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފަ އެވެ. އެ ލިސްޓުގައި ވަކިކުރަން ނިންމާފައިވާ ސިޔާސީ މުވައްޒަފުންގެ ނަމާއި އެ މުވައްޒަފުން ނިސްބަތްވާ އިދާރީ ދާއިރާތައް ވެސް ހިމަނާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މިވީހައި ދުވަހު އެމަނިކުފާނު މަސައްކަތް ކުރެއްވީ ގިނަ ބަޔަކަށް ވަޒީފާ ދީގެން ރައްޔިތުންގެ ތާއީދު ހޯއްދެވޭތޯ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނިމިދިޔަ އިންތިހާބުގައި ރައްޔިތުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު މި ނޫހަށް މައުލޫމާތު ދެއްވި އެވެ.

ހަމައެކަނި މިނިސްޓްރީތަކުން 500 މުވައްޒަފުން ވަކިކުރަން ނިންމި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ކުންފުނިތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ވެސް ވަކިކުރާނެ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މުވައްޒަފުންތަކެއް ވަކިކުރަން މުއިއްޒު ނިންމަވާފައިވާއިރު، އިއްޔެ އެމަނިކުފާނު އަންގަވައިގެން 10 މިނިސްޓަރަކު އިސްތިއުފާދެއްވި އެވެ.

އިސްތިއުފާދެއްވި މިނިސްޓަރުންގެ ބަދަލުގައި، ރޭގައި އާއި މިއަދު ވަނީ ކުރިން ކެބިނެޓުގައި ނުހިމެނޭ ހަތަރު ބޭފުޅަކު ހިމަނައިގެން ކެބިނެޓު އަލުން އެކުލަވާލައިފަ އެވެ. މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯ ބަދަލުކޮށް އަލުން އެކުލަލަވައިލިއިރު، ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކޮށްފަ އެވެ.

ސަރުކާރުގެ ކެބިނެޓަށް މުޅީން އަލަށް އައްޔަނުކުރީ ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް އާއި ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު، ގީލާ އަލީ އާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު ގެ އިތުރުން ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް އެވެ.

އިއްޔެ އާއި މިއަދު ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ޑިފެންސް މިނިސްޓަރުގެ މަގާމަށް އަދި މިހައިތަނަށް ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ. ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގައްސާން މައުމޫން އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެ އެވެ. އޭނާ އެ މަގާމުން އިސްއިތުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox