ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ރިޔާސީ ވައުދެއް ނޫން، ހަމައެކަނި އިންތިގާލީ އަމާޒެއް: މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުހައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ކަނޑައެޅި އަމާޒެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަދަދު ނޫހުގެ ނޫސްވެރިޔާ އަމަން ހަލީމު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި މަސައްކަތްތައް ބައްޓަންކުރުމަށް ގެންގުޅުނު އަމާޒެއް ކަމަށެވެ. ނޫސްވެރިޔާ ސުވާލުކޮށްފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ އަދަދު ސާފުކޮށްދީފައި ނުވާތީ އެކަމާ ގުޅޭގޮތުންނެވެ.

މުންދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި މިހާރު ވެސް ހާއްސަ އިޖުރާއަތުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިހާރު ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދަކީ ކޮބައިކަން ސާފުކޮށް ވިދާޅުވެދެއްވިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުވައްޒަފުންގެ އަދަދު ހަމަޖެހޭ އުސޫލެއްގެ ތެރެއަށް ފެއްތުމަށް ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުގެ އެކި ވުޒާރާތަކުން މީގެ ކުރިން ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެވޭނީ ރައީސް އޮފީހުން ކަމަށެވެ. އެހެންނަމަވެސް ރައީސް އޮފީހުން ވެސް މިހާތަނަށް އެ މައުލޫމާތު ސާފުކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އިންތިގާލީ މަރުހަލާގައި ވެސް ތަކުރާރުކޮށް ބުނަމުންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ތަރުޖަމާނު މިވަނީ އެއީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވެ، އެ ވާހަކަ ދިފާއުކުރައްވާފަ އެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދާދި ފަހުން ވަނީ ދުއިސައްތައަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox