އަދަދުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސި ސަފީރުގެ ކަންބޮޑުވުން

ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ: އޭނާ ވަނީ އަދަދު ނޫސް ރެއިޑްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ: އޭނާ ވަނީ އަދަދު ނޫސް ރެއިޑްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ މާޗް މަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ އޮފީގެ އޮފީހަށް ފުލުހުން ރޭ ވަދެ ރެއިޑް ކުރުމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނިކް ލޯ ވިދާޅުވީ އަދަދު ނޫސް ރެއިޑްކުރުމަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖެއިން އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. 

"އަދަދު ނޫހަށް އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާ ގުޅިގެން ފެންމަތިވަމުންދާ ރިޕޯޓުތަކަކީ ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ. 

ނިކް ލޯގެ އިތުރުން ބޭރުގެ އެކި ނޫސް ޖަމިއްޔާތަކުންވެސް ދަނީ އަދަދު އަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުން އަންނަނީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަކުރައްވާ ނިކް ލޯ ވިދާޅުވީ މިނިވަން އަދި މުސްތަގިއްލު ނޫސްވެރިކަމަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. 

ޑޮކިއުމެންޓްރީ މައްސަލައިގައި ފުލުހުން އަދަދު އޮފީސް ރެއިޑްކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބަލައިފާސްކުރުމުގައި ހޭދަކުރި އެވެ. އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

މީގެއިތުރުން މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މާދަމާ ފުލުހަށް ހާޒިރު ކުރުމަށް ޗިޓް މިއަދު ފޮނުވި އެވެ. އަދި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓްވެސް ފުލުހުން ވަނީ މިއަދު ހިފަހައްޓާފަ އެވެ.

ޑޮކިއުމެންޓްރީގައި މުއިއްޒުގެ މައްޗަށް އަމާޒުވެފައިވާ ތުހުމަތުތައް އެމަނިކުފާނު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދޮގުކުރައްވައި، އެއާ ގުޅޭ ވާހަކަ ދެއްކި ހުރިހާ އެންމެންނަށް ދައުވާކުރަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. ރެއިޑް އޮޕަރޭޝަން ފެށީ މުއިއްޒު އެގޮތަށް ވިދާޅުވިތާ 12 ގަޑިއިރު ތެރޭގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox