ޖަސްޓިސް ޑިޕާޓްމަންޓް
2 ލިޔުން
ފަހުގެ
ދުނިޔެބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި
ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.
ދުނިޔެއެފްބީއައިގެ ކުރީގެ ޑިރެކްޓަރުގެ މައްޗަށް ދައުވާ
އެމެރިކާގެ 47 ވަނަ ރައީސަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި، އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފިއެވެ. މި ދައުވާ އުފުލާފައިވަނީ އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން ރައީސް ޓްރަމްޕްގެ ފުރާނައަށް ނުރައްކާވާ ފަދަ މާނައެއް ދޭހަވާ ކަމަށް ބުނެއެވެ. ނަމަވެސް ކޯމީ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައި، އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް ވިދާޅުވެފައެވެ.
