ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ ބޭއްވި ހޮޓަލުގައި މީހަކު ބަޑި ޖަހައިފި

Apr 26, 2026, 8:42 AM
ހޮޓަލުގައި ބަޑިޖެހުމުން ޓްރަމްޕު އެތަނުން ގެންދަނީ: ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ އެމެރިކާ ފިރިހެނެއް -- ވީޑިއޯ: ވޮޝިންގްޓަން ޕޯސްޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބައިވެރިވެވަޑައިގެންނެވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގައި މީހަކު ބަޑި ޖަހައިފި އެވެ. 

އެ މީހާ ބަޑި ޖެހީ ރޭގަނޑުގެ ކެއުން ކުރިއަށް ދަނިކޮށް އިވެންޓު ކުރިއަށްދިޔަ ހޮޓަލުގެ ކޮރިޑޯއެއްގަ އެވެ. އޭނާ ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ކެލިފޯނިއާއަށް ނިސްބަތްވާ ކޯލް ތޯމަސް އެލަން، 31، އެވެ.

ކޯލް ތޯމަސް އެލަން ބަޑިޖަހަމުން ދުވަނީ: އޭނާގެ މަގްސަދު ސާފުނުވާ ކަމަށް ޓްރަމްޕު ވިދާޅުވި -- ވީޑިއޯ: އެކްސް

ބަޑީގެ އަޑު އިވެންޓު ބޭއްވި ތަނަށް ވެސް އިވުނެވެ. އެކަން ހިނގުމާއެކު ރައީސް ޓްރަމްޕް އަދި އޭނާގެ ނައިބު ޖޭޑީ ވޭންސް ވަނީ އެތަނުން ނެރެފަ އެވެ. 

އެ ހާދިސާގައި ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ހަށިގަނޑަށް ވަޒަނެއް އެރި އެވެ. އޭނާ ސަލާމަތްވީ ބުލެޓް ޕްރޫފް ވެސްޓެއް ލައިގެން ހުރުމުންނެވެ. 

ހާދިސާއަށްފަހު ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ ބަޑިޖެހި މީހާ ހަރަކާތްތެރިވީ އެކަނި ކަމަށެވެ. އަދި އޭނާގެ މަގްސަދު މިހާތަނަށް ސާފުނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާއަކީ ޓްރަމްޕާއި އޭނާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރު ކުރަންދާ ނޫސްވެރިންގެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވާ ރޭގަނޑުގެ ކެއުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox