އަރަބި ގައުމުތަކުގެ ސިޔާސަތަށް ފާޑުކިޔުމަށްފަހު ޔޫއޭއީ އިން އޯޕެކް ދޫކޮށްލައިފި

އޯޕެކް

އޯޕެކް

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވެއްޖެކަން އިއުލާނުކޮށްފިއެވެ. މިއީ އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، އިގުތިސާދީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި އެ ޖަމިއްޔާއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.

ޔޫއޭއީ އިން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ހަނގުރާމައިގެ ތެރޭގައި އިރާނުން ދެމުންދިޔަ ހަމަލާތަކުން އެ ގައުމު ސަލާމަތްކުރުމަށް އަރަބި އެހެން ގައުމުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެ ފާޑުކިޔުމަށްފަހުއެވެ.

މިކަމާ ގުޅޭގޮތުން ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ހޯމަ ދުވަހު ބޭއްވި ގަލްފް އިންފްލުއެންސާސް ފޯރަމްގައި ވާހަކަދައްކަވަމުން ވަނީ އަރަބި އަދި ގަލްފުގެ ގައުމުތަކުން އިރާނުގެ ހަމަލާތަކާ މެދު ގެންގުޅުނު ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement

ގަރްގާޝް ވިދާޅުވި ގޮތުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުން އެއް ގައުމު އަނެއް ގައުމަށް ލޮޖިސްޓިކް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، ސިޔާސީ އަދި އަސްކަރީ ގޮތުން އެ ގައުމުތަކުގެ މަގާމު ތާރީހީ ގޮތުން ފެނިފައިވަނީ ވަރަށް ބަލިކަށިކޮށެވެ. އަދި އަރަބި ލީގުގެ ފަރާތުން މިފަދަ ބަލިކަށި އަމަލުތަކެއް ފެނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް ޖީސީސީ ފަދަ ޖަމާއަތަކުން އެފަދަ ގޮތަކަށް އަމަލުކުރުމުން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީ އަކީ އޯޕެކްގައި ހިމެނޭ އެންމެ ނުފޫޒުގަދަ އަދި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމަށް ވާއިރު، އެ ގައުމުން މި ނިންމި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ފަހުގެ ތާރީހެއްގައި އޯޕެކްގެ އެއްބައިވަންތަކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އޯޕެކްގައި ހިމެނޭ ގަލްފުގެ ގައުމުތަކުން މިހާރުވެސް ދަނީ ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އިރާނާއި އޮމާންއާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގަށް ވާއިރު، އިރާނުން ދެމުންދާ އިންޒާރުތަކާއި އުޅަނދުފަހަރަށް ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޯޕެކްގެ ގައުމުތަކުން ތެލުގެ އަގު އުފުލައިގެން މުޅި ދުނިޔެ "ފޭރެމުންދާ" ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާއިން ގަލްފުގެ ގައުމުތަކަށް ދޭ އަސްކަރީ އެހީތެރިކަމާއި ތެލުގެ އަގާ ގުޅުވައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އޯޕެކްގެ މެންބަރު ގައުމުތައް ދިފާއުކޮށްދެމުންދާއިރު، އެ ގައުމުތަކުން ތެލުގެ އަގު ބޮޑުކޮށްގެން އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox