އީރާނުގެ ތެޔޮ ގަންނާތީ ޗައިނާގެ ބޮޑު ކުންފުންޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Apr 25, 2026, 12:26 PM
ހޮންކޮންގުގެ ތެޔޮ ޓާމިނަލެއްގައި ބަނދަރުކޮށްފައިވާ ޗައިނާގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ ބޯޓެއް [ފައިލް ފޮޓޯ: ޖޮއިސް ޒޫ/ރޮއިޓާސް]

ހޮންކޮންގުގެ ތެޔޮ ޓާމިނަލެއްގައި ބަނދަރުކޮށްފައިވާ ޗައިނާގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ ބޯޓެއް [ފައިލް ފޮޓޯ: ޖޮއިސް ޒޫ/ރޮއިޓާސް]

އީރާނުގެ ތެޔޮ ގަތުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރި ކަމަށް ބުނެ، އެމެރިކާ އިން ޗައިނާގެ ތެޔޮ ސާފުކުރާ ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އާ މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނީ، މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ޗައިނާގެ ދެވަނައަށް އެންމެ ބޮޑު އަމިއްލަ ރިފައިނަރީ ކަމަށްވާ ހެންގްލީ ޕެޓްރޯކެމިކަލް (ޑާލިއަން) ރިފައިނަރީއަށް ކަމަށެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން އިތުރަށް ހާމަކުރި ގޮތުގައި، ހެންގްލީ އަކީ އީރާނުގެ އެންމެ މުހިންމު އެއް ކަސްޓަމަރެވެ. އަދި އެ ކުންފުނިން އީރާނުގެ ސާފުނުކުރާ ތެޔޮ ގަތުމުގެ ސަބަބުން، އީރާނުގެ އަސްކަރިއްޔާއަށް އާމްދަނީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ލިބިފައިވާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

މީގެ އިތުރުން، އީރާނުގެ "ޝެޑޯ ފްލީޓް" ނުވަތަ ސިއްރުން ތެޔޮ އުފުލާ އުޅަނދުފަހަރުގެ ގޮތުގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް، މުދާ އުފުލާ 40 ކުންފުންޏަކާއި އުޅަނދަކަށް ވެސް އެމެރިކާ އިން ވަނީ އަލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ވޮޝިންގްޓަން ޑީސީގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ އެމެރިކާގެ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ، ވިޔަފާރި އާއި ސައިންސާއި ޓެކްނޮލޮޖީގެ މައްސަލަތައް ސިޔާސީ ހަތިޔާރަކަށް ހެދުން ހުއްޓާލުމަށާއި، ޗައިނާގެ ކުންފުނިތަކަށް ގެއްލުން ދިނުމަށް އެކި ބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާ ކަމަށެވެ.

ކްޕްލާ ނަމަކަށް ކިޔާ އެނަލިޓިކްސް ފާމަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަށް ބޭނުންވާ ތެލުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ތެޔޮ ހޯދަނީ މެދުއިރުމަތިންނެވެ. އަދި މިދިޔަ އަހަރު އީރާނުން ބޭރުކުރި ތެލުގެ 80 އިންސައްތައަށް ވުރެ ގިނަ ތެޔޮ ގަނެފައިވަނީ ޗައިނާއިންނެވެ.

އޭޕްރިލް 13 އިން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި، މިއީ އީރާނުން ތެލާއި ގޭސް ބޭރުކޮށްގެން ހޯދާ އާމްދަނީ އިތުރަށް ހަނިކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox