ހަމަލާ ދިނީ ސަރުކާރުން ރާވައިގެން ކަމަށް އާޒިމް ތުހުމަތުކޮށްފި

Apr 25, 2026, 9:29 AM
މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.

ރޭ "އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ޖެހުނީ ސަރުކާރުގެ ނާގާބިލުކަން އިންތިހާއަށް ގޮސް، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ކަމަށެވެ. އޭނާއަށް ހަމަލާ ދިނީ ސަރުކާރުގެ ނާގާބިލްކަން ހާމަކޮށް، ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ [ހަމަލާ ދިނުމަކީ] ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް،" އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމްއަށް މަގުމަތިން ހަމަލާ ދީފި

މުޒާހަރާއެއްގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީ ކޮއްޕާލައިފި. މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވި ނަމަވެސް، ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކާއި މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.

މިފަދަ ހަމަލާތަކުން ރައްޔިތުންގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުޒާހަރާތައް މިހާރަށްވުރެ ވަރުގަދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަނިޔާކޮށްގެން ރައްޔިތުންނަށް މިކޮށްދޭ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނެކަން މި އަނިޔާވެރި ސަރުކާރަށް ބުނެލަން ބޭނުން. ތަޅާފޮޅާ މަރައިގެން އަޅުގަނޑުމެން ނުހުއްޓުވޭނެ. މިއަށްވުރެ މުޒާހަރާތައް ވަރުގަދަކުރާނަން،" އާޒިމް ވިދާޅުވިއެވެ.

ކަންތައްތައް ރަނގަޅަށް ހިނގާނަމަ އެއްވެސް މީހަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާކަށް ނުޖެހޭނެ ކަމަށާއި، ނަމަވެސް މިހާރު ޑޮލަރާއި ބޭހެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ދެ ދުވަހުގެ ތެރޭގައި އެތައް ކުދިންނެއް މަރުވިއިރު، ބައެއް ކުދިންގެ ގަޔަށް ތެލެސީމިއާ ސެންޓަރުން ކުނި ލޭ އަޅާފައިވާ ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

މި ދަރަޖައަށް ކަންކަން ގޯސްވީ، ސަރުކާރުގެ މުއައްސަސާތަކަށް ނާގާބިލް މީހުން އައްޔަން ކުރުމުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެފަދަ މީހުން އައްޔަން ކުރަނީ ކޮރަޕްޝަނާއި ވައްކަން ކުރުމަށް މަގުފަހިކުރުމަށް ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވިއެވެ.

ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔުމުން ރައްޔިތުން ނުކުމެ ސަރުކާރު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށާއި، އަނިޔާކޮށްގެން ނުވަތަ "ތަޅާފޮޅައި މަރައިގެން" ވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓުވައި ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ކޯޓުތައް ފެއިލްވުމުން ދެން އޮންނާނީ ރައްޔިތުންގެ ބާރު ކަމަށެވެ. އަދި ރައްޔިތުންގެ ބާރު އެންމެ ގަދަވާނީ ވޯޓު ފޮށިން ކަމަށާއި، ރައްޔިތުން ނުކުމެ މި ނާގާބިލް ސަރުކާރު ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމްގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox