މާލޭގެ މޭޔަރު އާދަމް އާޒިމްއަށް މަގުމަތިން ހަމަލާ ދީފި

Apr 25, 2026, 12:39 AM
އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އާޒިމް ބައިވެރިވަނީ ---

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އާޒިމް ބައިވެރިވަނީ ---

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ހިންގަމުން އަންނަ މަގުމަތީ ހަރަކާތްތަކުގެ ތެެރެއިން މިރޭ ބޭއްވި މުޒާހަރާގައި ބައިވެރިވަމުން ދަނިކޮށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް މީހަކު ހަމަލާ ދީފި އެވެ.

އާޒިމްއަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއިއޯތަކުން އެނގޭ ގޮތުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް މަގެއްގެ އަރިމަތީގައި ހުރި މީހަކު ވަނީ އާޒިމްގެ މޭމަތީގައި އަތް އަޅާ ކޮއްޕާލާފަ އެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި ހަމަލާ ދިން މީހާއަށް ރައްދު ދީނީ އޭނާއަށް ވެސް ހަމަލާ ދީފަ އެވެ. 

މިރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ދަނޑިކޮށީ ހަރުގޭ ބޭރުގައި ހުންނަވައި އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވަނީ މިއީ ސަރުކާރުން ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އޭނާ ގޮވާލެއްވި އެވެ.

"މުޒާހަރާ މި ކުރަނީ ކަންތައްތައް ގޯސްވީމައި. ކަންތައް ރަނގަޅަށް ކުރާނަމަ މުޒާހަރާއެއް ނުކުރާނެ، ޑޮލަރެއް ނުލިބޭ، ބޭހެއް ނުިލިބޭ،" އާޒިމް ވިދާޅުވި އެވެ. 

ސަރުކާރުން ހުރިހާ މުައައްސަސާތަކެއް ފެއިލްކޮށްލާފައިވާ ކަމަށާއި އެމްޑީޕީން ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ދެވަނަ ދައުރަކަށް މޭޔަރުކަމަށް އިންތިހާބުވި އާޒިމް ވިދާޅުވި އެވެ. 

"ބޮޑެތި ކުންފުނިތައް ބަނގުރޫޓުވަމުންދާއިރު އެ ތިބެނީ ބަލަހައްޓައިގެން. ރައްޔިތުންގެ މަޖިލިސް އެ އޮތީ ހިސޯރުކޮށްފައި، ކޯޓުތައް އޮތީ ހިސޯރުކޮށްފައި،" އާޒިމް ވިދާޅުވި އެވެ. 

ދައުލަތުގެ ހުރިހާ ބާރެއް ފެއިލްވުމުން އެ ތަންތަން ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ނުކުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ރައްޔިތުންގެ ތެރެއިން 70 ޕަސެންޓު މީހުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. 

ވެރިކަން ކުރާ ސިޓީގެ މޭޔަރަށް ދިން ހަމަލާ އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އަދި އިސް އޮފިޝަލުން އަންނަނީ ކުށްވެރި ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox