ބޮނޫޗީ ބުނީ އިޓަލީގެ ހާލަތު ބަދަލުކުރެވޭނެ ކޯޗަކީ ގާޑިއޯލާ ކަމަށް

Apr 24, 2026, 7:00 PM
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އިޓަލީގެ ކޯޗަކަށް އޭނާ ގެންދަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އިޓަލީގެ ކޯޗަކަށް އޭނާ ގެންދަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި.

މިލާން (އޭޕްރީލް 24) - ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވެ، ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައި އޮތް އިޓަލީގެ ގައުމީ ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކޯޗަކީ، މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ކަމަށް އިޓަލީގެ ކުރީގެ ކެޕްޓަން، ލިއޮނާޑޯ ބޮނޫޗީ ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވީ ޕްލޭއޮފުން ކުރިއަށް ނުދެވިގެންނެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ. ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގަބްރިއެލް ގްރަވީނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އިޓަލީގެ ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި، ކުރީގެ އެއް ވަނަ ގޯލްކީޕަރު، ޖިއަންލުއިޖީ ބުފޮން ވަނީ ޓީމު ދޫކޮށްލައިފަ އެވެ. އަދި، ކޯޗު ޖެނާރޯ ގަޓޫސޯ ވެސް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. ބޮނޫޗީ އަކީ ވެސް ކޯޗިން ސްޓާފުންގެ މެމްބަރެކެވެ. 

Advertisement

ލަ ގަޒެޓާ ޑެލޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި، ބޮނޫޗީ ބުނީ، މިދިޔަ ދުވަސްތަކުގައި އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރާނެ ކޯޗުންގެ ގޮތުގައި ފެނުނު ނަންތަކަށް ބަލާއިރު، އޭނާ އެންމެ އެދެނީ ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ގާޑިއޯލާއާ ޓީމު ހަވާލުކުރުމަށް ކަމަށެވެ. 

"އަލުން ހުރިހާ ކަމެއް ރަނގަޅަށް ފަށައި ރަނގަޅަށް ގެންދާނަމަ، އަހަރެން ބޭނުންވަނީ އެކަން ކުރަން ގާޑިއޯލާ ގެންނަން. ގާޑިއޯލާ، ސޮއިކުރުވުން ވެގެންދާނީ ރަނގަޅު ބަދަލެއްގެ ފެށުމަކަށް. މިއީ (ގާޑިއޯލާ ގެނައުމަކީ) ވަރަށް އުނދަގޫ ކަމަކަށް ވާނީ. އެކަމަކު، ހުވަފެން ދެކުމަކީ ނެތް ކަމެއް ނޫން،" ބޮނޫޗީ ބުންޏެވެ. 

މި ސީޒަނަށް ފަހު، ނޫނީ އަންނަ ސީޒަނަށް ފަހު ގާޑިއޯލާ، މެންޗެސްޓާ ސިޓީ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން ގާޑިއޯލާ ވަނީ ގައުމީ ޓީމަކާ ހަވާލުވުމަކީ ޝައުގުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox