ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖޭގެ އަމާޒު ތިން ވަނަ އަށް

Sep 22, 2025, 3:09 AM
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖޭގެ އަމާޒު ތިން ވަނަ އަށް

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ސެމީ ފައިނަލުން ބަލިވެ، ފުރަތަމަ ކަނޑައެޅި ޓާގެޓް ކަމަށްވާ ފައިނަލަށް ދިއުން ހާސިލްނުވި ކަމުގައި ވިޔަސް، ތިން ވަަނަ ހޮވާ މެޗުން މޮޅުވާން ޓީމުން އަމާޒުހިފާފައިވާ ކަމަށް މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ އަހުމަދު ރަޒްނީ މުހައްމަދު ބުނެފި އެވެ.

ކޮމަންވެލްތު ބީޗްހޭްޑްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި، ލީގު ބުރުގެ ދެ ވަަނަ ސްރީ ލަންކާ އިން ވާދަކުރީ ލީގު ބުރުގެ ހަތަރު ވަނަ ރާއްޖެއާ އެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗުގައި، ރާއްޖޭން ވަނީ ލީގު ބުުރުގައި ސްރީ ލަންކާގެ މައްޗަށް ކުރިހޯދައިފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރަކެވެ. ލަންކާ އިން ވަނީ ރާއްޖޭގެ މައްޗަށް ކޮންޓްރޯލް ނަގައި، 2-0 އިން މޮޅުވެ، ނަތީޖާ ނެރެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރަޒުނީ ބުނީ، މުބާރާތަށް ނުކުތީ ސެމީ ފައިނަލު މެޗުން މޮޅުވެގެން ފައިނަލް ކުޅުމަށް ކަމަށެވެ.

"އެކަމަކު، ކަންދިމާކުރިގޮތުން، އަޅުގަނޑުމެންނަށް ލިބުނު ޗާންސްތަކުގެ ބޭނުންނުހިފުނީ، ދެން، ޓީމު ކުދިން ހަމަ ފުދޭ ވަރަކަށް ކުޅުނު، އެކަމަކު، ލިބުނު ފުރުސަތުތައް ނިންމާނުލެވުމުގެ ސަބަބުން ހަމަ މިއަދު، (އިއްޔެ)، ބޮޑަށް ފާހަގަކުރެވެނީ މި ބަލިވެގެންދިޔައީ،" ރަޒުނީ ބުންޏެވެ.

މުބާރާތުގައި މިއަދު، 17:15 ގައި ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ ސެމީ ފައިނަލުން ބަލިވި ރާއްޖެ އާއި ބަންގްލަދޭޝް އެވެ. ލީގު ބުރުގައި، ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-1 އިން ބަލިވެފަ އެވެ. ބަލިވީ ވާދަވެރި ކުޅުމަކަށް ފަހު ޝޫޓްއައުޓްގަ އެވެ.

ރަޒުނީ ބުނީ މިހާރު ޓީމުގެ ފުރިހަމަ ފޯކަސް އޮތީ ތިން ވަނަ ހޮވާ މެޗުން މޮޅުވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތް ހަމަ ހުސްއަތާ ނިންމާލާކަށް ބޭނުމެއް ނޫން. ތިން ވަނަ ހަމަ، ނަގައިގެން ދެން ހަމަ ނިންމާލަން ބޭނުންވަނީ، އެހެންވީމަ، މިދިޔަ މެޗުގައި، އަޅުގަނޑުމެންނަށް ހެދިފައި ހުރި މިސްޓޭކްސްތައް ރަނގަޅުކޮށްގެން، ހަމަ ރަނގަޅު ފައިޓެއް ދީގެން، އިރާދަކުރެއްވިއްޔާ، މި މުބާރާތް ތިން ވަނައިގެ ގޮތުގައި ނިންމާލުން ޓާގެޓަކީ،" ރަޒުނީ ބުންޏެވެ.

މި ފަހަރުގެ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަށް ކުޅުދުއްފުށި ތައްޔާރުވެފައި އޮތް މިންވަރަށް ގިނަ ބަޔެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވެސް އެކަން ފާހަަގަކުރެއްވި އެވެ. އެކަން ކުޅުންތެރިން ވެސް ފާހަގަކުރެ އެވެ.

ރަޒުނީ ބުނީ، މި މުބާރާތަށް ކުޅުދުއްފުށި މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އާ ސްޓޭޑިއަމެއްގައި ކުޅެލަން ލިބުނުއިރު، މާހައުލު ވެސް އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ރާއްޖޭން ވަރަށް ބޮޑު ތައްޔާރީއެއް ވެފައި މި އޮތީ ވަރަށް ބޮޑު މުބާރާތެއްގެ ގޮތުގައި މި މުބާރާތް މި އޮތީ، މި ހަމަ ދިވެހި ޕްލޭޔަރުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކޭ ބުނާނީ އައިސް ޕާފޯމް ކޮށްލަން އިންޓަނޭޝަނަލް ލެވަލްއެއްގައި ރާއްޖޭގައި ކުޅުނު ކަމުގައި ވިޔަސް ހަމަ އިންޓަނޭޝަަނަލް ލެވަލްއެއްގައި މި މުބާރާތް ކުޅެލަން ލިބުމަކީ، ރާއްޖޭގެ ޕްލޭޔަރުންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ފުރުސަތެއް،"

ރަށު ޓީމެއް ނޫނީ ގައުމީ ޓީމެއް ނުވަތަ ރާއްޖެ ތަމްސީލްކުރާ ކޮންމެ ޓީމަކަށް ވެސް އެންމެ ބޮޑު ޖޯޝެއްގައި އަބަދުވެސް ތަރުހީބު ދޭ އެއް ބަޔަކީ ކުޅުދުއްފުށީ ރައްޔިތުންނެވެ. މި ފަހަރުގެ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވެސް އެކަން ދަނީ ފެންނަމުންނެވެ. ކޮންމެ މެޗަކަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގޮސް ޓީމަށް ހިތްވަރު ދިނުމުގައި ތަފާތު ރޫހެއް ދައްކަ އެވެ. ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯތަކުން ވެސް އެކަން ސާފުވެ، ގިނަ ކުޅުންތެރިން އަންނަނީ ތައުރީފު ކުރަމުންނެވެ.

"އާދަޔާހިލާފު ސަޕޯޓެއް މިއޮތީ. އަޅުގަނޑުމެން އުންމީދު ވެސް ނުކުރަން އަސްލު މިރަށުގެ (ކުޅުދުއްފުށީގެ) ރައްޔިތުން ވަަރަށް ބޮޑު ސަޕޯޓެއް އަޅުގަނޑުމެންނަށް ދެމުންދަނީ، ކޮންމެ މެޗެއްގައި ވެސް، ޓީމު މޮޅުވި ކަމުގައި ވިޔަސް، ބަލިވި ކަމުގައި ވިޔަސް ހަމަ ވަރަށް ތަފާތު ރޫހެއްގައި ވަރަށް ތަފާތު ސަޕޯޓެއް ދެމުންދާކަން ފާހަގަކުރަން، މި ފުރުސަތުގައި ކުޅުދުއްފުށީގެ ސަޕޯޓަރުންނަށް ހަމަ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން،" ރަޒުނީ ބުންޏެވެ.

މިއަދު ހަވީރު، 16:15 ގައި ކުޅޭނީ، ލީގު ބުރުގެ ފުލަށް ދިޔަ ދެކުނު އެފްރިކާ އާއި އިންޑިއާ އިން ކުޅޭ ރޭންކިން މެެޗެވެ. އަދި، 17:15 ގައި ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ ސެމީ ފައިނަލުން ބަލިވި ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އަދި، މިރޭ، 20:00 ގައި ސެމީން މޮޅުވި ދެ ޓީމު ކަަމަށްވާ، ޕާކިސްތާން އާއި ސްރީ ލަންކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox