ރިވައިވަލްގެ ޒަޔާން އާއި ނަބާ އަދި ނަބީ ބެޑްމިންޓަން އޭޝިއާ މުބާރާތުގައި ވާދަކުރަނީ

ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި ކޯޗު ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން އެއާޕޯޓުގައި.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި ކޯޗު ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން އެއާޕޯޓުގައި.---- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ އާއި އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ)، މި މަހު ޗައިނާގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ. 

ޗައިނާގެ ނިންބޯގައި ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހު 7-12 އަށެވެ. މި މުބާރާތުގައި، ފިރިހެން ސިންގަލްސްގައި ޒަޔާން ވާދަކުރާއިރު، އަންހެން ސިންގަލްސްގައި ވާދަކުރާނީ ނަބާ އެވެ. އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރާއިރު، ދެން ވާދަކުރާނީ މިކްސް ޑަަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ އެވެ. 

ފިރިހެން ސިންގަލްސްގެ ގްރޫޕް ސީގައި ޒަޔާން ނުކުންނާނީ ސްރީލަންކާގެ ވިރޭން އާއި މަކާއުގެ ޕީ ޕުއީއާ ދެކޮޅަށެވެ. އަންހެން ސިންގަލްސްގައި ނަބާ ކުޅެން ޖެހިފައިވަނީ، ބަންގްލަދޭޝްގެ އުރްމީ އާއި ކިރްގިސްތާންގެ ޒަސްމީންއާ އެވެ. އަންހެން ޑަބަލްސްގައި، ނަބާ އާއި ނަބީގެ ޕެއާ ހިމެނެނީ، އިންޑޮނޭޝިއާގެ ޓޭ އާއި ޓިއޯގެ ޕެއާ އަދި ސްރީ ލަންކާގެ ހަސިނީ އާއި ހަސާރާގެ ޕެއާއާ އެވެ. މިކްސް ޑަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ ވާދަކުރާނީ، ހޮންގް ކޮންގްގެ ޗޭން އާއި އެންޖީގެ ޕެއާ އާއި ބަންގްލަދޭޝްގެ ޖުމަރް އާއި އުރްމީގެ ޕެއާއާ އެއް ގްރޫޕެއްގަ އެވެ. 

Advertisement

މި މުބާރާތުގައި ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ޓީމާ އެކު ހަރަކާތްތެރިވާނެ އެވެ. 

މިއީ، މި އަހަރު ރިވައިވަލްގެ ހަައި ޕަފޯމަންސް ޓީމުގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ވާދަކުރާ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. އެ ގޮތުން، މިދިޔަ ފެބްރުއަރީ މަހު ރިވައިވަލް އިން ވަނީ އަޒަރުބައިޖާންގައި ކުރިއަށްދިޔަ ޗެލެންޖް ލެވަލް މުބާރާތެއްގައި ވާދަކޮަށްފަ އެވެ. 

މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޝަނުގައި އޮއްވައި ދިން ލުޔެއްގެ ބޭނުންހިފައި ރިވައިވަލް އިން އެފްރިކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް ތިން މުބާރާތެއްގައި ކުޅެ، ހަތް މެޑަލް ހޯދި އެވެ. 

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް އަކީ، ނަބާ އާއި ނަބީ އަދި ޒަޔާން އަށް މި އަހަރު ކުރިއަށް ހުރި އިންޓަނޭޝަނަލް މުބާރާތްތަކުގައި ކާމިޔާބު ހޯދަން ބަލާއިރު، ރަނގަޅު ލެވަލްގެ މެޗުތަކެއް ކުޅެ، ރޭންކިންގައި ކުރިއަށް ޖެހިލަން ލިބިގެންދާ ފުރުސަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox