ރޯމާ ބަލިކޮށް އިންޓަ އަށް އެއް ވަނައިގައި ހަމަޖެހުމެއް

Apr 6, 2026, 10:11 AM
އިންޓަގެ މާޓީނޭޒް އާއި ތުރާމް، ރޯމާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

އިންޓަގެ މާޓީނޭޒް އާއި ތުރާމް، ރޯމާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

މިލާން (އޭޕްރީލް 6) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ރޯމާ 5-2 އިން ބަލިކޮށް އިންޓަ މިލާނުން ލީގު ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގުމަށް ފަހު ހަމަޖެހިލައިފި އެވެ.

މިއީ، ލީގުގައި އެންމެ ފަހުން އިންޓަ އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަަތަމަ ފަަހަރެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން އެއްވަރުވިއިރު، އޭގެ ކުރިން ކުޅުނު މެޗުން ވީ ބައްޔެވެ. އިންޓަ އަށް ވަނީ 31 މެޗުން 72 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަަށް 63 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 30 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ނަޕޯލީން އަމިއްލަ ދަނޑުގައި އޭސީ މިލާނާ ބައްދަލުކުރާނެ އެވެ. ލީގުގެ ހަތަރެއްގައި އޮތް ކޯމޯ އިން ރަށުންބޭރުގައި ކުޅޭނީ އުދިނޭޒީއާ އެވެ. 

އިންޓަ އިން ރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، މާކަސް ތުރާމް އަރިމަތިން ބޯޅަ ހިފައިގެން ވަދެ، ނަގައިދިން ހުރަހަކަށް އަރައި އެއް ފަހަރުން ބޯޅަ ގޯލަށް ފޮނުވާލައިގެން، ލައުޓާރޯ މާޓީނޭޒް ޖެހި ގޯލެކެވެ. މެޗުގެ 12 ވަނަ މިނިޓްގައި މާޓީނޭޒް ޖެހި ޝޮޓެއް ރޯމާގެ ކީޕަރު މައިލް ޒްވީލާ ވަނީ މަތަކޮށްފަ އެވެ.

ރޯމާ އަށް އެއްވަރުކޮށްދޭން ޑޮންޔެލް މާލެން ބޮލުން ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. ރޯމާ އިން އެއްވަރުކުރީ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖިއަންލޫކާ މަންޗިނީ ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން އަލުން ލީޑުނެގި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.  

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ ވަަނަ  މިނިޓްގައި ތުރާމް ދިން ބޯޅައަކުން މާޓީނޭޒް ވަނީ އިންޓަގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، ތުރާމް ވަނީ އިންޓަގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އިންޓަގެ ފަސް ވަނަ ލަނޑު ޖެހީ، 62 ވަނަ މިނިޓްގައި އޭރިއާތެެރެއިން ގޯލަށް ބޯޅަ ފޮނުވާލައިގެން ނިކޯލޯ ބަރެއްލާ އެވެ. 

ރޯމާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. މިއީ، މާލެން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަން ވަގުތު އޭނަ ހުއްޓުވަން އިންޓަ ޑިފެންޑަރުން މަސައްކަތްކުރި ވަގުތު ތަނަވަސްވި ފުރުސަތެއްގައި ލޮރެންޒޯ ޕެލެގްރީނީ ޖެހި ގޯލެކެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox