ފަހު ވަގުތު މިލާން ބަލިކޮށް ނަޕޯލީ ދެ ވަނަ އަށް

Apr 7, 2026, 8:19 AM
ނަޕޯލީގެ ޕޮލިޓާނޯ ރޭގެ މެޗުގައި މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނަޕޯލީގެ ޕޮލިޓާނޯ ރޭގެ މެޗުގައި މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނޭޕްލްސް، އިޓަލީ (އޭޕްރީލް 7) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ގޯލު ޖަހައި، އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން 1-0 އިން އޭސީ މިލާން ބަލިކޮށް ލީގުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ. 

މި ނަތީޖާއާ އެކު، ނަޕޯލީން ތަށި ދިފާއުކުރަން ކުރާ މަސައްކަތުގައި ކުޑަ އުންމީދެއް ވަނީ ލިބިފަ އެވެ. ލީގުގައި މި ހަފްތާގައި ކުޅުނު މެޗުން ރޯމާ ބަލިކޮށް އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ރޭ ނަޕޯލީ ނެރުނު ނަތީޖާއާ އެކު، އިންޓަގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ. 

އިންޓަ އިން އެއް ވަނައިގައި އޮތީ 31 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯޯލީ އަށް 31 މެޗުން 65 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 31 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް ކޯމޯގެ އޮތީ 31 މެޗުން 58 ޕޮއިންޓެވެ. 

Advertisement

ރޭ ޖެނޯއާ އަތުން 2-0 އިން މޮޅުވި ޔުވެންޓަސް އިން ފަސް ވަނައިގައި އޮތީ 31 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. 

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މިލާނުގެ ޔޫސުފް ފޮފާނާ ފޮނުވާލި ބޯޅައެއް ނަޕޯލީގެ ކީޕަރު، ވަންޖާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ނަޕޯލީގެ ލެއޮނާޑޯ ސްޕިނަޒޯލާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ އިތުރުން، ނަޕޯލީގެ ޖިއޮވާނޭ ފޮނުވާލި ހަމަލާއެއް ބްލޮކްވިއިރު، އެ ޓީމުގެ ސްކޮޓް މެކްޓޮމިނޭ ފޮނުވާލި އޯވަހެޑްކިކް ވެސް ދިޔައީ ދަނޑިކައިރިންނެވެ. 

ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ނަތީޖާ ނެރުމަށްޓަކައި، އެ ޓީމުގެ ބެންޗުގައި އިން، މަޓެއޯ ޕޮލިޓާނޯ އާއި އަލިސަން ސަންޓޯސް ކުޅެން ނެރެފަ އެވެ. އެ ދެ ކުޅުންތެރިންގެ ބައިވެރިވުމާ އެކު، މެޗުން ނަޕޯލީ މޮޅުވި ލަނޑު ކާމިޔާބުކުރީ 79 ވަނަ މިނިޓްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ހުއްޓައި، ޕޮލިޓާނޯ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ މިލާންގެ ކީޕަރު މައިކް މައިންނޯން ކައިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މިލާނަށް އެއްވަރުކޮށްދޭން ސަންޓިއާގޯ ޖިމެނޭޒް ފޮނުވާލި ބޯޅަ މާ ބޮޑު ނުރައްކަލަކަށް ނުވެދިޔައިރު، ނަޕޯލީ ޑިފެންޑަރުން ވަނީ ލީޑު ހިފެހެއްޓުމުގައި ރަނގަޅު މަސައްކަތެއްކޮށް، ލީގުގައި ކުރިއަށްދާން މި މެޗުގެ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox