ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ސިނާނު އާއި ސައީދުގެ ކުރިމަތިލުމެއް

މުހައްމަދު ސިނާނު (ކ) އަދި އަހުމަދު ސައީދު (ވ): އެ ދެ ބޭފުޅުން ވަނީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

މުހައްމަދު ސިނާނު (ކ) އަދި އަހުމަދު ސައީދު (ވ): އެ ދެ ބޭފުޅުން ވަނީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައި -- އާޓްވޯކް: އިސްމާއިލް އިމްދާދު

ހުސްވި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު ވާދަކުރައްވަން ނިންމަވައިފި އެވެ. 

ޕީއެންސީން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުމުން ސުންގަޑި ހަމަވިއިރު ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅީ ސިނާނު އާއި ސައީދު އެކަންޏެވެ. 

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނުއަށް ގެއްލުނީ ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. 

ޕްރައިމަރީގައި ސިނާނުއާ ދެކޮޅަށް ނުކުންނަ ސައީދުއަކީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ނާކާމިޔާބުވެފަ އެވެ. އިންތިހާބުގައި ސައީދުއަށް 583 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކޮށް މޮޅުވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ނަޒީރުއަށް ލިބުނީ 592 ވޯޓެވެ. 

ބައި-އިލެކްޝަންގެ ޕީއެންސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 25، ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 ޖެހުމާ ހަމައަށް ކަމަށް އެ ޕާޓީން ބުންޏެވެ. 

ޕްރައިމަރީގައި ވޯޓުލެވޭނީ އިންތިހާބުގައި ވޯޓުލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕީއެންސީން ބަހައްޓާ ވޯޓި ފޮށިތަކަށް އެކަންޏެވެ. 

ޕީއެންސީން ބުނީ އިންތިހާބުގެ ހުރިހާ ކަމެއް ރާވައި ހިންގާނީ އެ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށާއި އިންތިހާބު ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި، އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމިޓީގެ ފަރާތުން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. 

ސިނާނުގެ މެންބަރުކަން ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. 

އޭނާގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއިދު ކުރެއްވި އެވެ.

މިއީ އެންމެ މަތީ ކޯޓުގެ ހުކުމަކާއެކު ވިހިވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

ހުކުމާ އެއްގޮތަށް ސިނާނު ނުދެއްކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައި އޮތް ފަސް މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނު އޭނާ އަދާ ކުރީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުނެވެ. އެހެންކަމުން، އޭނާއަށް ވެސް އަލުން މަޖިލިސް މެންބަރުކަމަށް ކުރިމަތިލެވޭނެ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ޖޫން 6، ގަ އެވެ. އެ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ އޭޕްރިލް 29، ގެ ހަވީރު 3:00 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox