ރޭގެ މުޒާހަރާއިން ހައްޔަރުކުރި މައިމޫން ޝަރުތު ކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި

ރޭގެ މުޒާހަރާއިން ހައްޔަރުކުރި މައިމޫންއަށް ލިބުނު އަނިިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސޕިޓަލުގައި -- ފޮޓޯ: އެމްޑީޕީ

ރޭގެ މުޒާހަރާއިން ހައްޔަރުކުރި މައިމޫންއަށް ލިބުނު އަނިިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސޕިޓަލުގައި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދަށް ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި އެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާތީ އެމްޑީޕީން އަންނަނީ ސަރުކާރަށް 12 ޑިމާންޑެއްކޮށް މުޒާހަރާ ކުރަމުންނެވެ. 

މައިމޫންއަށް ކޯޓުން ކުރީ ހަތަރު ޝަރުތެކެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، ރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.

އެމްޑީޕީ މުޒާހަރާއިން ރޭ ހައްޔަރުކުރި ވާވާ ދޫކޮށްލައިފި

އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު (ވާވާ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. މި މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާދީފައިވާއިރު، މުޒާހަރާ ކަވަރުކުރި ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ ހުރަސްއަޅާފައެވެ.

ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުالله ރަޝީދު (ވާވާ) އާއި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދު އެވެ. އޭގެ ތެރެއިން ވާވާ ފުލުހުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށެވެ. އޭނާ ބަންދުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.

މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ އެމީހުންނަށް ލިބިފައިވެ އެވެ. އެގޮތުން، މައިމޫންގެ ބޮލަށާއި ހަށިގަނޑަށް އަނިޔާވެފައިވެ އެވެ. އެ އަނިޔާތަކަށް ރޭ ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ވެސް ދީފަ އެވެ.

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރުން ވެސް ގުޅުނެވެ. އެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ވެސް ފުލުހުން ރޭ ހުރަސްއެޅި އެވެ.

އެމްޑީޕީން އޮތީ ސަރުކާރަށް 12 ޑިމާންޑެއްކޮށްފަ އެވެ. ނަމަވެސް އެ ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox