ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހިފައިގެން ސްޕޯޓްސް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރަނީ

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: އިންޓަ ސްކޫލްގެ މުބާރާތްތަކާ ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައި

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: އިންޓަ ސްކޫލްގެ މުބާރާތްތަކާ ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ސްޕޯޓްސް މިނިސްޓްރީއާ ހިއްސާކޮށްފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައި

ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގްރޭޑް 7 އިން ދަށުގެ ކުދިންނަށް ނުކުޅެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލުތަކާ މެދު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ސްޕޯޓްސް މިިނިސްޓްރީ އަށް ކަންބޮޑުވުންތައް ހިއްސާކުރުމާ އެކު، އެ މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާތައް ފަށައިފި އެވެ. 

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ ސިޓީއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ލެވަލްގައި، "14 (ސާދަ) އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނެވެ" މިހެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާ އެކު، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނީ އެވެ. އަދި، އިންޓަ ސްކޫލް މުބާރާތްތައް މީގެ ކުރިން ބާއްވަމުން އައި 12 އަހަރުން ދަަށުގެ ކެޓަަގަރީ ފަދަ މުހިންމު އުމުރުފުރާއެއްގައި، އަދި އޭގެއިން ދަށް އުމުރުގެ  ކުދިން ކުޅިވަރު ކުޅުންތެރިން ގޮތަށް ޑިވެލޮޕްކުުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ގެއްލިދިޔައީ އެވެ. 

މި މައްސަލަައިގައި ކުޅިވަރު އެސޯސިއޭޝަންތަކުން އެޑިއުކޭޝަނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން މަސައްކަަތްކުރި އެވެ. އެކަމަކު، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން، އެ ހުރިހާ ޝަކުވާތަކެއް ހިފައިގެން، ކުޅިވަރު އެސޯސިއޭޝަންތަކުން ދިޔައީ ސްޕޯޓްސް މިނިސްޓްރީ އަށެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، ކުދިން ކުޅިވަރުގެ ތެރެއިން ތަމްރީނުކުރުމަށް ގޮންޖެހުން ވަނީ ބޮޑުވެފައި. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން "އަދަދު ސްޕޯޓްސް" އަށް ބުނީ މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބޮޑު ދެރައެއް ލިބޭ ނިންމުމެއް ކަމަށް

"އަދަދު ސްޕޯޓްސް" އަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެސޯސިއޭޝަންތަކުގެ ގިނަ ކަންބޮޑުވުންތަކެއް މި ކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި، އެސޯސިއޭޝަންތަކުން ފާހަގަކުރާ ގޮުތުގައި، އިންޓަ  ސްކޫލްގެ 12 އަހަރުން ދަށާއި 10 އަހަރުން ދަށުގެ އުމުރުފުރާ އަކީ އެންމެ ގިނަ ކުދިން ބައިވެރިވާ އުމުރުފުރާ ކަމަށްވާއިރު، ޅަ އުމުރުގައި ކުދިންގެ ހުނަރު ދެނެގަނެ، ޖޫނިއާ ގައުމީ ޓީމުތައް އެކުލަވާލުމާއި، އެކަޑަމީތަކަށް ވެސް ހުނަރުވެރި ކުދިން ދެނެގަންނަން (ޓެލަންޓް ހަންޓް) ކުރަން އެންމެ އެކަށޭނެ އުމުރުފުރާ އަކީ އެއީ ކަމަށެވެ. އެ ހުރިހާ ކަމަކަށް އަލިއަޅުވާލައި، ސްޕޯޓްސް މިނިސްޓްރީން މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ އެކު، މި ކަމުގައި އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކުގެ ހައްލެއް ހޯދަން ޕޮލިސީ ލެވަލްގައި މި ދަނީ މަޝްވަރާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން އިންޓަ ސްކޫލްގެ އުމުރުފުރާ ކަނޑައެޅުމުގައި އެންމެ ބޮޑަށް އަލި އަޅުވާލި ކަމަކީ، ކުޅުންތެރިންގެ ކިޔެވުމުގެ ކަންކަމަށް ކުޅިވަރު މުބާރާތްތައް ގިނަވުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އެވެ. އަދި، ގިނަ އަދަަދެއްގެ ކުޅިވަރު މުބާރާތްތަކެއްގައި ކުދިން ޝާމިލުވެ އުޅޭއިރު، އެކަމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުން ވެސް ބައިވެރިވެ އުޅެން ޖެހޭ ވަގުތުތައް ގިނަވާތީ އެވެ. 

ކުޅިވަރުގެ ކަންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން އެސޯސިއޭޝަންތަކާ އެކި ކަންކަމާ ވާހަކަ ދެއްކިއިރު، ކުދިން އެކި ގްރޭޑްތަކުގައި ފާސްވާ ނިސްބަތް ވެސް ހިއްސާކޮށްފައިވެ އެވެ. އަދި، އެޑިއުކޭޝަން މިނިސްޓްރީން ކުޅިވަރުގެ ކަންކަމުގައި މި ނިންމާނިންމުންތަކަކީ އެކަމުގެ ސަބަބުން އަންނަ ކަމެއް ކަމަށް ވެސް ބުނެފައި އެބަހުއްޓެވެ. 

ސަރަހައްދީ އެހެނިހެން ގައުމުތަކުން ސްކޫލްތަކާއި ޔުނިވާސިޓީ ތަކާއި އެކަޑަމީ ލެވަލްގައި ގިނަ މުބާރާތްތަކެއް ބާއްވައި، ޖޫނިއާ ލެވަލް އިން ފެށިގެން މުސްތަގުބަލަށް ރަނގަޅު ގައުމީ ޓީމުތަކެއް ބިނާކުރަން މަަސައްކަތްކުރާއިރު، ރާއްޖޭގައި ވަކި އުމުރުފުރާތަކަށް އޮތް ފުރުސަތު ހަނިވުމަކީ، ކުޅިވަރުގެ ތަރައްގީ އަށް އެޅޭ ހުރަހެކެވެ.  އެކަން ރާއްޖޭގެ ކުޅިވަރުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ގައުމަށް ރީތި ނަން ހޯދައިދީފައިވާ ގިނަ އެތުލީޓުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

 ރާއްޖޭގެ ސްކޫލްތަކަށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތްތަކުގައި ބޭނުންކުރި އިންޓަ ސްކޫލްގެ ނަން، ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕަށް ވަނީ ބަދަލުކޮށްފަ އެވެ. 

އިންޓަ ސްކޫލްގެ ބަދަލުގައި ދެން އޮންނާނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް

ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ކިޔަމުން އައި "އިންޓަ ސްކޫލް" ނަން "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށް، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox