ދެ ދުވަސް ކުރިން ފެނަކައިން ވަކިކުރި ޖިހާދުއަށް އެ ކުންފުނީގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމު ދީފި

ފެނަކައިގެ ސީއެފްއޯގެ މަގާމަށް މިއަދު އައްޔަނުކުރި މުހައްމަދު ޖިހާދު -- ފޮޓޯ: ފެނަކަ

ފެނަކައިގެ ސީއެފްއޯގެ މަގާމަށް މިއަދު އައްޔަނުކުރި މުހައްމަދު ޖިހާދު -- ފޮޓޯ: ފެނަކަ

މީގެ ދެ ދުވަސްކުރިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުން ވަކިކުރި މުހައްމަދު ޖިހާދުއަށް އެ ކުންފުނީގެ ޗީފް އިންފޮމޭޝަން އޮފިސަރު (ސީއައިއޯ) ގެ މަގާމު މިއަދު ދީފި އެވެ.

ފެނަކައިގެ ސީއައިއޯގެ މަގާމު ޖިހާދުއަށް ދިންކަން އަންގައި އެ ކުންފުނިން މިއަދު ނެރުނު އިންޓާނަލް ސާކިއުލާއެއްގައި ވަނީ މަސައްކަތްތައް ރާވައި ހިންގުމުގައި އޭނާއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އެ ސާކިއުލާގައި ސޮއިކޮށްފައި ވަނީ މި ވަގުތު ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އާދަމް ތައުފީގު އެވެ.

ޖިހާދު މަގާމުން ވަކިކުރީ، މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއާއެކު ފެނަކައިގެ ޗީފް ރިސޯސަސް އޮފިސަރު (ސީއާރްއޯ)، އަބްދުالله ޝަނޫން އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު ވެސް މަގާމުން ވަކިކުރި އެވެ. އެ ބަދަލުތައް ގެނައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީގެ އިންތިހާބު އަދި ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބައްޔާއެކު އެވެ.

Advertisement

ޖިހާދުއަކީ ފެނަކައިން ހިންގި ބާ ޖެނެރޭޓަރުތަކެއް ގަތުމުގެ ބޮޑު ހިޔާނާތުގެ ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެކަކެވެ. އެ ހިޔާނާތާ ގުޅޭ ތަހުގީގީ ރިޕޯޓެއް މީގެ ކުރިން އަދަދު އިން ޝާއިއު ކޮށްފައިވާނެ އެވެ.

ރޯދަމަހު ކަނުއަނދިރީގައި ތިބެންޖެހުމުގެ ހަގީގަތް: ބޮޑު އަގުގައި ފެނަކައަށް ބާ ޖެނެރޭޓަރުތަކެއް ގަތުމުގެ ހިޔާނާތް!

މިއީ ފައިބެ އަހަރު ދިވެހީން ތަހަންމަލު ކުރާންޖެހުނު ތުރާލުގެ ފަހަތުގައި ފޮރުވިފައިވާ ނާގާބިލުކަމާއި ހަރާންކޯރުކަމުގެ އެންމެ ބޮޅެއް. ފެނަކައިން ހިންގި މި ޖަރީމާއިން ރިޝްވަތުގެ މުޑުދާރު ފައިސާ ވެރިންގެ ޖީބަށް މިލިއަނުން ވަދެފައިވާ ކަމަށް ބެލެވޭ.

ފެނަކައިގެ މަގާމަކަށް ޖިހާދު އެންމެ ފުރަތަމަ އައްޔަނުކުރީ ޖެނުއަރީ 12، 2025 ގަ އެވެ. އެއީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމާ މުހައްމަދު ނަޖާހު ހަވާލުވެވަޑައިގަތުމަށްފަހު އަލަށް އުފެއްދެވި، ސީއާރުއޯގެ މަގާމަށެވެ. އެއަށްފަހު، ހަމަ އެ ދުވަހު ނަޖާހު ނެރުނު އިންޓާނަލް މެމޯއަކުން ވަނީ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ޖިހާދުއާ ހަވާލުކޮށްފަ އެވެ.

އެއަށްފަހު، ރާއްޖޭގެ އެކި ކަންކޮޅަށް ކަރަންޓު ދިނުމަށް ބޭނުންވާ ޖެންސެޓުތައް ހޯދުމަށް އޭރު، ފެނަކައިގެ ޓެކްނިކަލް ކޮންސަލްޓެންޓުގެ މަގާމުގައި ހުންނެވި (ފަހުން ޑީއެމްޑީ) މުހައްމަދު އާރިފް އާއި ޖިހާދު އިންޑިއާއަށް ދަތުރެއް ކުރެއްވި އެވެ.

ކުރިން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުالله މުއާޒު މަގާމުން ވަކިކުރުމުގެ ކުރިން ހޯދަން އިއުލާނު ކޮށްފައި އޮތް 46 ޖެންސެޓުގެ ޕްރޮކިއުމެންޓު ރިކުއެސްޓުތައް ބާތިލު ކުރުމަށް ޖިހާދު އެންގެވި އެވެ. އަދި، ރާއްޖޭގެ 14 އަތޮޅެއްގެ 24 ރަށަކަށް ރޯދަމަހުގެ ކުރިން ޖެންސެޓުތަކެއް ހޯދުމަށް އެމާޖެންސީ ޕްރޮކިއުމެންޓް ރިކުއެސްޓެއް ކުރުމަށް ފެނަކައިގެ އޮޕަރޭޝަން ސާވިސް ޑިޕާޓްމެންޓުގެ ވެރިޔާ، އަހުމަދު އިބްރާހިމްއަށް ޖެނުއަރީ 28، 2025 ގައި ފޮނުވި އީމެއިލްގައި އެންގި އެވެ.

އެތައް ފަހަރެއްގެ މަތިން އުސޫލު ބަދަލުކޮށް، އާ ޖެނެރޭޓަރުތަކެއްގެ ނަމުގައި ބާ ޖެނެރޭޓަރުތަކެއް ގެނައުމުގެ އެ ހިޔާނާތް ހިންގީ އެ އީމެއިލްގައި އެންގި ގޮތަށް، އެމާޖެންސީ ޕްރޮކިއުކެންޓް ރިކުއެސްޓެއް ނެރެގެންނެވެ.

ފެނަކައިގެ ޗީއެފްއޯގެ މަގާމަށް ޖިހާދު އައްޔަނުކުރީ ސެޕްޓެމްބަރު 1، 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ، އެ މަގާމުގައި އެހައިތަނަށް ހުންނެވި، އަބްދުالله ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox