ފެނަކައަށް އާ ޗީފް ފައިނޭންޝިއަލް އޮފިސަރެއް އައްޔަނުކޮށްފި

ފެނަކައިގެ ސީއެފްއޯގެ މަގާމަށް މިއަދު އައްޔަނުކުރި މުހައްމަދު ޖިހާދު -- ފޮޓޯ: ފެނަކަ

ފެނަކައިގެ ސީއެފްއޯގެ މަގާމަށް މިއަދު އައްޔަނުކުރި މުހައްމަދު ޖިހާދު -- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަނުކޮށްފި އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މުހައްމަދު ޖިހާދު އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރުމުން އެކަމަށް މަރުހަބާ ކިޔައި އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

ޖިހާދުއަކީ ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ހިންގަމުން ދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކިކުރި ކަމެއް އަދި ނޭނގެ އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުالله ވަހީދު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.

ފެނަކައިގެ ސީއެފްއޯގެ މަގާމު ބަދަލު ކޮށްފައި މިވަނީ ކީއްވެ ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ފެނަކައަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.

ސީއެފްއޯގެ މަގާމަކީ އެ ކުންފުނީގެ މާލީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. ކުންފުނީގެ ޗެކުތަކުގައި ސޮއި ކުރުމާއި އެ ނޫން ވެސް ކުންފުނީގެ މާލީ ކަންކަމާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox