ލެޖެންޑަރީ ސަޕޯޓަރު "ލުމުމްބާ" ވޯލްޑް ކަަޕަށް ގެންދަން ކޮންގޯ ޓީމުގެ މެސެޖެއް ރައީސަށް

Apr 6, 2026, 3:24 PM
ލުމުމްބާ، ކޮންގޯގެ މަޝްހޫރު ސަޕޯޓަރު.

ލުމުމްބާ، ކޮންގޯގެ މަޝްހޫރު ސަޕޯޓަރު.

ކިންޝާޝާ، ކޮންގޯ (އޭޕްރީލް 6) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ކޮންގޯގެ ޓީމާ އެކު، އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ސަޕޯޓަރު، "ލުމުމްބާ" ހިމަނަައިދޭން ކޮންގޯ ޓީމުން އެ ގައުމުގެ ރައީސް، ފީލިކްސް ޝިސެކޭޑީ ގާތުގައި އެދިއްޖެ އެވެ.

ކޮންގޯ އިން ވޯލްޑް ކަޕަށް ދަތުރުކުރީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ޖެމެއިކާ އަތުން 1-0 އިން މޮޅުވެގެންނެވެ.

އުތުރު އެމެރިކާގެ ފުޓްބޯޅައިގައި ވަރުގަދަ ޖެމެއިކާއާ ދެކޮޅަށް ކޮންގޯ އިން ކުޅުނު މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަަތަމަ ހާފުގައި ކޮންގޯ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 100 ވަނަ މިނިޓްގައި އެކްސެލް ޓުއަންޒޭބޭ އެވެ.

މިއީ، ކޮންގޯގެ ނަމުގައި އެ ޓީމުން ކުޅޭނެ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ކަމުގެ އުފާފާޅުކުރަން ކޮންގޯ އިން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި، އެ ޓީމުގެ ކެޕްޓަން، ޗަންސެލް އެމްބެމްބާ، ސަޕޯޓަރުންނާ އެކު ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، ކޮންގޯގެ މަޝްހޫރު ސަޕޯޓަރު "ލުމުމްބާ" އަކީ އެ ޓީމުގެ ރަމްޒެއް ކަމަށެވެ. އަދި، ސަރުކާރާއި ރައީސް ފީލިކްސް އަށް ޓީމުގެ ފަރާތުން އެމްބެމްބާ ފޮރުކޮށްދިން މެސެޖަކީ، ވޯލްޑް ކަޕަށް ކޮންގޯ އިން ފޮނުވާ ޑެލިގޭޝަނުގެ ތެރޭގައި، "ލުމުމްބާ" ހިމެނުމަށެވެ. 

ލުމުމްބާ: ކޮންގޯގެ މަޝްހޫރު ސަޕޯޓަރު، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ގެޓީއިމޭޖަސް
ލުމުމްބާ: ކޮންގޯގެ މަޝްހޫރު ސަޕޯޓަރު، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ގެޓީއިމޭޖަސް

"ވަރަށް ބޮޑު ރަމްޒެއް އެއީ (ލުމުމްބާ އަކީ)، ހަގީގަތުގައި ކޮންގޯ ކުޅޭ މެޗުތަކަށް ދުނިޔޭގެ ނަޒަރު ހުއްޓޭ އެއް ސަބަބަކަށް ވެފައި މި އޮތީ ލުމުމްބާ. މާނަ އަކީ ކޮންގޯގެ ރަމްޒަކަށް އޭނަ ވެއްޖެއޭ. އެހެންވީމަ، އެ ސަޕޯޓް ކުރިއަށްގެންދަން އަހަރެމެން ވެސް ބޭނުން،" އެމްބެމްބާ ބުންޏެވެ. 

މި އަހަރު މޮރޮކޯގައި ކުރިއަށްދިޔަ، އެފްރިކަން ކަޕް އޮތް ނޭޝަންސްގެ ތެރޭގައި، ކޮންގޯ ކުޅޭ ގިނަ މެޗުތަކުގައި ޓީވީ ކެމެރާތައް އެންމެ ބޮޑަށް ފޯކަސް ކުރާ އެއް ސަޕޯޓަރަކީ، "ލުމުމްބާ" އެެވެ. މުބާރާތް ހޯސްޓްކުރި މޮރޮކޯގެ ސަޕޯޓަރުން ވަނީ "ލުމުމްބާ" މެޗުގައި ސަޕޯޓަރުންގެ ތެރޭގައި ކޮޅަށް ހުންނަ ގޮތަށް ހުއްޓިގެން ހުރެ، އޭނާގެ ހަރަކާތް ނަކަލުކުރަން މަސައްކަތްކޮށްފަ އެވެ. 

ކޮންގޯ އިން މި ފަަަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާނީ 48 ޓީމު ކުޅޭ ވޯލްޑް ކަޕްގެ ގްރޫޕް ކޭ ގަ އެވެ. އެ ގްރޫޕްގައި އޮތީ ޕޯޗުގަލް، ކޮލަމްބިއާ އަދި އުޒްބެކިސްތާން އެވެ.

ކޮންގޯ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު، އެމެރިކާގެ ހޫސްޓަންގައި ކުޅޭ މެޗުގައި ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެެވެ. ދެ ވަނަ މެޗު މެކްސިކޯގައި ކުޅެން އޮތްއިރު ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، ޖޫން 27 ވަނަ ދުވަހު އުޒްބެކިސްތާނާ ކުޅޭނީ އެމެރިކާގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox