ސާފްގެ ގައުމުތަކަށް މުސްތަގުބަލު ރަނގަޅުކަން 20 އަހަރުން ދަށުގެ މުބާރާތުން ފެނުނު

Apr 7, 2026, 11:47 AM
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބަންގްލަދޭޝްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު، ކޮކްސް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބަންގްލަދޭޝްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު، ކޮކްސް.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފްގައި ހިމެނޭ ގައުމުތަކަށް ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅުކަން، ދާދި ފަހުން ނިމިގެންދިޔަ  20 އަހަރުން ދަށުގެ މުބާރާތުން ފެނުނު ކަމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ ކޯޗު، އިނގިރޭސިވިލާތުގެ މާކް ކޮކްސް ބުނެފި އެވެ. 

ގަލޮޅު ދަނޑުގައި މިދިިޔަ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިފާއުކޮށްފަ އެވެ.  މިއީ، ސާފްގެ 19 އާއި 20 އަހަރުން ދަށުގެ މުބާރާތްތަކުގައި ބަންގްލަދޭޝް އިން ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފައިނަލެވެ. ބަންގްލަދޭޝް އިން 2024 ވަނަ އަހަރު ކުޅުނު 20 އަަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ނޭޕާލް ބަލިކޮށްފަ އެވެ. އަދި، އިންޑިއާ އިން މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރު ޕެެނަލްޓީގައި ކުރި ލިބުނީ ބަންގްލަދޭޝް އަށެވެ. 

މި މުބާރާތަށް ކުޑަތަންވެފައި ވަނިކޮށް، ބަންގްލަދޭޝްގެ ކޯޗަކަށް ގެނައި ކޮކްސް އަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 1-1 އިން އިންޑިއާއާ އެއްވަަރުވި މެޗުގައި ރަތް ކާޑެއް ދައްކައިފަ އެވެ. އެހެންވެ، ސެމީ ފައިނަލަށް އޭނާ ސަސްޕެންޝަނުގައި ހުރިއިރު، ބެންޗުން ޓީމަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު، އެސިސްޓަންޓް ކޯޗު އަތީގުއްރަހްމާން މީޝޫ އެވެ. 

"މިއީ އަހަރެމެން އާއިލާއެއްގެ ގޮތުގައި ކުރި މަސައްކަތެއް، މި ޓީމުގެ ކޮންމެ މީހަކީ ވެސް މި ކާމިޔާބީގެ ބައިވެރިއެއް. ކުޅުންތެރިން، ކޯޗުން އަދި މި ޓީމަށް ތަރުހީބު ދޭން ދަނޑަށް އައި ސަޕޯޓަރުން، އަދި އަމިއްލަ ގައުމުގައި ތިބެ ތަރުހީބު ދިން މީހުން ވެސް މީގަ ހިމެނޭ،" ކޮކްސް ބުންޏެވެ. 

އޭނާ ބަންގްލަދޭޝް ޓީމާ ހަވާލުވީ މި މުބާރާތަށް ކަމަށާއި އުންމީދަކީ، ކުރިއަށް އޮތް އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ވެސް ބަންގްލަދޭޝް ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށް ކޮކްސް ވަނީ ބުނެފަ އެވެ. 

"އަހަރެމެން ފައިނަލުގައި މި މޮޅުވީ ސާފްގައި އެ ފަދަ ދެ ވަަނައެއް ނެތް އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ވިޔަސް. އަހަރެމެން ކުރި މަސައްކަތަށް އެ ކާމިޔާބީ ހައްގު،" ކޮކްސް ބުންޏެވެ.

"ސާފްގެ މުސްތަގުބަލު މި މުބާރާތުން ފެނިއްޖެ، ސާފް އަށް ބޭނުންވޭ ވަރުގަދަ ބޫޓާން އެއް، ވަރުގަދަ ނޭޕާލް އެއް، ވަރުގަދަ ސްރީ ލަންކާ އެއް، ވަރުގަދަ ރާއްޖެ އެއް ވެސް، މި ޓީމުތައް މިހާރު ހުރި ވަރަށް ވުރެން ވެސް ރަނގަޅުކުރެވޭނެ ކަން ވެސް ފެނިއްޖެ،" 

އޭނާ އަކީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަަކަށް މާ ބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައި ވެސް ފާޑުކިޔުންތައް ހިމެނޭނެ ކަމަށް ކޮކްސް ވަނީ ބުނެފަ އެވެ. އަދި، އުންމީދަކީ ބަންގްލަދޭޝްގެ ފުޓްބޯޅައިގައި މިހާރު މި އޮތް އުންމީދާ އެއްގޮތަށް ރަނގަޅު މަސައްކަތްތަކެއް ކޮށްގެން، މިހާރު މި އަރަމުން އަންނަ ޖީލަށް ރަނގަޅު މިސްރާބަކުން ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ކަމުގައި ކޮކްސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox