ގޯތި ގެދޮރު ޕްރޮގްރާމާއި ބިންވެރިޔާ ހާއްސަ ސްކީމުގެ ދަށުން ބިން ދޫކުރާ އުސޫލު އާންމުކޮށްފި

ހައުސިން މިނިސްޓަރު މުއްތަލިބު: މިނިސްޓްރީން ވަނީ ގޯތި ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފައި

ހައުސިން މިނިސްޓަރު މުއްތަލިބު: މިނިސްޓްރީން ވަނީ ގޯތި ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފައި

މި ސަރުކާރުގެ ގޯތި ގެދޮރު ޕްރޮގްރާމުގެ ދަށުން އަދި ބިންވެރިޔާ ހާއްސަ ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބިން ދޫކުރުމުގެ އުސޫލު ހައުސިން މިނިސްޓްރީން އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އާންމުކުރި ގޯތި ގެދޮރު ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަކީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން އެ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދިނުމުގެ އުސޫލެވެ.

އެ އުސޫލުގެ ދަށުން ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ދަށުން ރަސްމާލެއިން ގޯތި ދޫކުރާއިރު، އެ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ.

Advertisement

ކެޓަގަރީ 1 ގައި ހިމެނެނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކެވެ. އެއް އަހަރު ފުރިފައިވޭތޯ ބަލަނީ އުސޫލަށް އަމަލުކުރަން ފަށާ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތުން މާލޭޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާތާ އެއް އަހަރު ފުރިފައިވާނަމަ އެވެ.

ކެޓަގަރީ 1 ގައި އުފަންވީއްސުރެ މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި މާލޭގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ހިމެނެ އެވެ. މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީއެއްގައި ފަހުން ރަޖިސްޓްރީވެފައިވާ ފަރާތްތައް ވެސް އެ ކެޓަގަރީގައި ހިމެނެ އެވެ.

ކެޓަގަރީ 2 ގެ ދަށުން ގޯތި ދޫކުރަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްވެއްސެއްނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ދުވަސް ވެފައިވާނަމަ އެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަން ބަލަނީ އުސޫލަށް އަމަލުކުރާ ދުވަހުގެ ނިޔަލަށް، އެޕްލިކޭޝަން ހުށަހަޅާ ފަރާތުން މެދުނުކެނޑި މާލޭގައި އުޅެފައިވާނަމަ އެވެ.

މީގެއިތުރުން މިނިސްޓްރީން ދެން އާންމުކުރީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކިން ގޯތި ދިނުމުގެ ހާއްސަ އުސޫލެކެވެ.

މި އުސޫލުގެ ދަށުން މުޅިން ވެސް ގޯތިތައް ދޫކުރާނީ ރަސްމާލެއިންނެވެ. އެ ގޯތިތަކުގައި 1،250 އަކަ ފޫޓު ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ދަށުން ކެޓަގަރީ 1 ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތައް ހިމެނޭއިރު، ކެޓަގަރީ 2 ގައި ހިމެނެނީ ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިަމތި ނުލެވުނު ފަރާތްތަކެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލޭ ރަށްވެހިންނަށް ޖުމްލަ 10،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީން 2،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން 15،000 ގޯތި ދިނުމަށް މަސައްކަތް ކުރަމުންދަނީ ރަސްމާލެއިންނެވެ. ރަސްމާލެއިން ގޯތިތައް ދޭނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox