ބ. ގޮއިދޫގައި ކެންސަރު ބަލި އިތުރުވާ މައްސަލަ ބަލަން ފަށައިފި ކަމަށް ސަރުކާރުން ބުނެފި

ބ. ގޮއިދޫ: އެ ރަށުގައި ކެންސަރު ބަލި ގިނަވާތީ އެކަމާ ގުޅިގެން ޓެސްޓުތަކެއް ދަނީ ހަދަމުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި -- ފޮޓޯ: އަދަދު

ބ. ގޮއިދޫ: އެ ރަށުގައި ކެންސަރު ބަލި ގިނަވާތީ އެކަމާ ގުޅިގެން ޓެސްޓުތަކެއް ދަނީ ހަދަމުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި -- ފޮޓޯ: އަދަދު

ބ. ގޮއިދޫގައި ކެންސަރު ބަލި އިތުރުވާ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން ބަލަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ގޮއިދޫގައި ކެންސަރު ބަލި ގިނަވާ މައްސަލަ މިނިސްޓްރީއާ ގުޅިގެން އެމްއެފްޑީއޭއިން ޓެސްޓުތަކެއްކޮށް ދިރާސާތަކެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބ. ގޮއިދޫގެ މައްސަލައަށް އެމްއެފްޑީއޭއިން މިހާރު ދަނީ އެބޭފުޅުން ޓެސްޓު ކުރައްވަމުން އަދި ރިސާޗް ހައްދަވަމުން. އެއީ ކިހިނެއްވެގެން ހިނގާ ކަމެއްތޯ ބެލުމަށް. އެހެންވީމަ އެކަމުގައި އަޅުގަނޑުމެން ހަމަ އެމްއެފްޑީއޭއަށް އެއްބާރުލުންދީ އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރަމުންދަނީ،" މާރިޔާ ވިދާޅުވި އެވެ.

ގޮއިދޫގައި ކެންސަރު ބަލި އިތުރުވާ މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސަހުލާ ވަޖީހު ނަމަކަށް ކިޔާ މީހަކު މިނިސްޓަރު މާރިޔާ އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ.

އެ ސިޓީގައި އޭނާ ބުނީ މިދިޔަ ދެތިން އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ބަލި ޖެހި، ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

އޭނާ ބުނީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގޮއިދޫގެ 95 ޕަސަންޓު ދަނޑުބިންތައް ބިދޭސީންގެ އަތްމައްޗަަށް ދޫކޮށްލާފައިވާއިރު، އެ ދަނޑުތަކުގައި ހައްދާ ތަރުކާރީ އާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކަވާ މިންވަރަށް ޕެސްޓިސައިޑްސް އަދި އެނޫން ކެމިކަލްތަކުން ތަގައްޔަރުވެފައިވާ ތަކެތި ކަމަށެވެ.

މީގެއިތުރުން ގޮއިދޫއަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން ދުންފަތުގެ އިސްތިއުމާލުކުރާ އަދި ދުފާ މީހުން ގިނަ ރަށެއްކަން އޭނާ ފާހަގަކުރި އެވެ.

މާރިޔާ ވިދާޅުވީ ޕެސްޓިސައިޑް ގާނޫނެއް އޮތަސް، އެއްވެސް ޕޮލިސީއެއް ހެދިފައި ނުވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު މިނިސްޓްރީން ޕެސްޓިސައިޑަށް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޕޮލިސީ ވަރަށް އަވަހަށް ތަންފީޒުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox