ސައިންސްގެ އާދަޔާހިލާފު ކުރިއެރުމެއް: ކުޑައިރު ރައްކާކުރި ޓިޝޫއިން ދަރިފަނި އުފެއްދުމުގެ ގާބިލުކަން އަލުން ހޯދައިދީފި

ރައްކާކުރި ޓިޝޫއިން ދަރިފަނި އުފެއްދުމުގެ އާ އުއްމީދެއް

ރައްކާކުރި ޓިޝޫއިން ދަރިފަނި އުފެއްދުމުގެ އާ އުއްމީދެއް

 ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ގަނޑުކޮށް ރައްކާކުރި ޓެސްޓިކިއުލާ ޓިޝޫ އަލުން ހަށިގަނޑަށް ބަދަލުކޮށްގެން، ދަރިފަނި އުފެއްދުމުގެ ގާބިލުކަން އަލުން ލިބިފައިވާކަން ސައިންސްވެރިން ހާމަކޮށްފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މި ހޯދުމުގެ ސަބަބުން ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގެ ސަބަބުން ދަރިފަނި އުފެއްދުމުގެ ފުރުސަތު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް އާ އުންމީދެއް ވަނީ ލިބިފައެވެ.  

މި ތަހުލީލުގައި ބައިވެރިވި އުމުރުން 27 އަހަރުގެ ޒުވާނާއަކީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައި ބާރުގަދަ ކީމޯތެރަޕީ ހަދަން ޖެހުނު މީހެކެވެ. ކީމޯތެރަޕީގެ ސަބަބުން އޭނާގެ ދަރިފަނި އުފައްދާ ނިޒާމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، އެ ފަރުވާ ފެށުމުގެ ކުރިން އޭނާގެ އެ ނިޒާމުން ސެލް ނަގައި ރައްކާކުރި އެވެ. އޭގެ 16 އަހަރު ފަހުން، އެ ޓިޝޫތައް އަލުން އޭނާގެ ހަށިގަނޑަށް ބަދަލުކުރުމުން، އޭނާގެ ހަށިގަނޑުން މިހާރު ވަނީ ގުދުރަތީ ގޮތުން ދަރިފަނި އުފައްދަން ފަށާފައެވެ.  

މި ދިރާސާ އިސްކޮށް ހިންގެވި ބެލްޖިއަމްގެ ވްރީޖް ޔުނިވަރސިޓީ ބްރަސަލްސްގެ ޕްރޮފެސަރު އެލެން ގޫސެންސް ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މިފަދަ ޓިޝޫތައް ރައްކާކޮށްފައިވާ ގިނަ ބަޔަކަށް ދަރިން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

Advertisement

ކެންސަރާއި އެހެނިހެން ބޮޑެތި ބަލިތަކަށް ދޭ ކީމޯތެރަޕީ އާއި ރޭޑިއޭޝަން ފަރުވާއަކީ ފުރާނަ ސަލާމަތްކޮށްދޭ ފަރުވާތަކެއް ނަމަވެސް، އޭގެ ސަބަބުން ދަރިމައިވުމުގެ ގާބިލުކަން ދާއިމީކޮށް ގެއްލުމުގެ ފުރުސަތު އޮވެއެވެ. ބޮޑެތި ފިރިހެނުންނަށް ފަރުވާގެ ކުރިން ދަރިފަނި ރައްކާކުރެވުނު ނަމަވެސް، ބާލިޣުނުވާ ކުޑަކުދިންނަށް އެ ފުރުސަތެއް ނޯވެއެވެ.

ބެލްޖިއަމްގެ މި ކްލިނިކުން ކުޑަކުދިންގެ ޓެސްޓިކިއުލާ ޓިޝޫ ރައްކާކުރަން ފެށީ 2002 ވަނަ އަހަރުގައެވެ. އެ ދުވަސްވަރު މިއީ އަދި ތަޖުރިބާގެ މަރުހަލާގައި އޮތް ކަމަކަށް ވާތީ، އާއިލާތަކަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް އޭރު ދީފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ކުދިން ބޮޑެތިވެ، އާއިލާއެއް ބިނާކުރަން ބޭނުންވާ އުމުރަށް ދިއުމުން މިވަނީ އޭގެ ނަތީޖާ ފެންނަން ފަށާފައެވެ.

އެޑިންބަރާ ޔުނިވަރސިޓީގެ ޕްރޮފެސަރު ރޮޑް މިޗެލް ވިދާޅުވި ގޮތުގައި މިއީ ސައިންޓިފިކް ގޮތުންނާއި ބަޔޮލޮޖިކަލް ގޮތުން ބެލިޔަސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ކުރި މަސައްކަތުގެ ފޮނި މޭވާ މިހާރު ފެންނަން ފަށާފައިވާ ކަމަށާއި، މިއީ އިންސާނުންގެ ހަށިގަނޑުގައި މިކަން ކުރެވިދާނެކަމުގެ އަމަލީ ހެއްކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox