ހުލާސާކޮށް އިއްޔެ: މިފަހަރުގެ ފުރުސަތު ގެއްލުވާ ނުލުން

Jan 31, 2026, 1:17 AM
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުނުވެއްޖެ ނަމަ މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެންދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީ އިން ބުރާސްފަތި ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ލިބޭނީ ވެރިކަން ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ.

އެމްޑީޕީ އިން އެތައް ގުރުބާނީއެއް ވެގެން ރާއްޖޭގައި ގާއިމުކޮށްފައިވާ ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ނެގެހެއްޓުމަށް ލިބިގެންދާ މިއީ އެންމެ ފަހުގެ ފުރުސަތު ކަމަށް ވެސް މީކާއިލް ރޭ ވިދާޅުވި އެވެ.

"އެހެންވީމާ، މި އިންތިހާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް. އަޅުގަނޑުމެންގެ ކައުންސިލްތަކަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ، ތިބޭފުޅުންނަށް މި ސަރުކާރު ކުރިއަށް އޮތް މުސްތަގުބަލުގައި ލިބޭނޭ ފުރުސަތު މި ދަނީ ގެއްލިގެން،" މީކާއިލް ވިދާޅުވި އެވެ.

އެ ފުރުސަތު ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމަށްޓަކައި އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އިސް ވެރިން އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި މި އިންތިހާބަކީ މުހިންމު އިންތިހާބެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބުނު އެއް ސަބަބަކީ ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ބައިބައިވުމާއި ދެބަސްވުމެވެ.

މީކާއީލް ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، މިހާރު މަޖިލީހުގައި އޮތް ބިލު ފާސްކޮށް ލޯކަލް ކައުންސިލް އިންތިހާބާއެކު އެ ވޯޓު ނަގަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ މީކާއިލް ވަނީ އެކަމަށް އެމްޑީޕީ އަދި ރައްޔިތުން ފާރަވެރިވުމަށް ގޮވާލައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox