އަގީލް ބެންކޮކުން ހައްޔަރުކޮށް ރާއްޖެ ގެންނަނީ

މުހައްމަދު އަގީލް: އޭނާ ފިލައިގެން ބެންކޮކުގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ފުލުހުން

މުހައްމަދު އަގީލް: އޭނާ ފިލައިގެން ބެންކޮކުގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ފުލުހުން

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ފިލައިގެން ތައިލެންޑުގެ ބެންކޮކްގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އަގީލްގެ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން ބެލި ބެލުމުން އޭނާ ރާއްޖޭގައި ނެތްކަން ފުލުހުންނަށް އެނގުނެވެ.

ފިލައިގެން ބެންކޮކުގައި އުޅެނިކޮށް އެ ގައުމުގެ ފުލުހުން އޭނާ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ހައްޔަރުކުރީ ރާއްޖެއިން އިންޓަޕޯލް ރެޑްނޯޓިސްއެއް ނެރެފައިވަނިކޮށް ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ.

Advertisement

މިގޮތުން އަގީލް މިވަގުތު ބެންކޮކް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ އޭނާ ކުރިއަށް އޮތް ދުވަސްތަކުގައި ތައިލެންޑުން ޑީޕޯޓްކޮށް ރާއްޖެއަށް ފޮނުވާނެ އެވެ.

ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ބައްސާމްގެ މައްސަލައާ ގުޅިގެން އަގީލް ކޯޓަށް ހާޒިރު ނުކުރެވިގެން ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުނެވެ. އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާކުރި އެވެ.

އަގީލް ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ފަހުން ވެސް ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރު ކުރެވިފައެއް ނުވެ އެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ނުކުރެވުނު ސަބަބެއް ފުލުހުން އޭރު ހާމައެއް ނުކުރެ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އަގީލްގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް އޮތީ އުފުލާފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ތާވަލުކޮށްފައިވާއިރު، އެ އަޑުއެހުމަށް ވެސް އޭނާ ހާޒިރު ކުރެވިފައެއް ނުވެ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް މިހާތަނަށް ތިން ހުކުމެއް ވަނީ އިއްވާފަ އެވެ. އެއީ ހަތަރު އަހަރުގެ ހުކުމަކާއި، ފަސް އަހަރުގެ ހުކުމެއްގެ އިތުރުން 23 އަހަރުގެ ހުކުމެކެވެ. އެގޮތުން އޭނާ މިހާރު ދަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

މީގެއިތުރުން އެއް މައްސަލައިގައި ބައްސާމް ވަނީ 44 މިލިއަން ރުފިޔާ އިން ޖޫރިމަނާވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox