އިނާޒް އިސްތިއުފާ ދެއްވުމުން ފައްޔާޒް އާއި ޒަރިޔަންދު މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ޕީއެންއެފްގެ ތާއީދާއެކު މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު -- ފޮޓޯ: އަދަދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ޕީއެންއެފްގެ ތާއީދާއެކު މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު -- ފޮޓޯ: އަދަދު

ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް މިއަދު އިސްތިއުފާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި އަމިއްލަ ގޮތުން މޭޔަރުކަަމަށް ވާދަކުރައްވާ، އިސްމާއިލް ޒަރިޔަންދު މަރުހަބާ ދަންނަވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން އިނާޒް މިއަދު ވިދާޅުވީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ "އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް" ކަމަށެވެ.

"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ކުރިން ފިނޭންސް މިނިސްޓަރަކަށް ވެސް ހުންނެވި އިނާޒް ވިދާޅުވެފައިވެ އެވެ.

އިނާޒުގެ ނިންމުމަށް މަރުހަބާ ދަންނަަވައި އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެރުންތެރިކަމާއި ނަޒާހާތްތެރިކަން އަދިވެސް ދިރިދެމި އޮތީމާ އުފާކުރައްވާ ކަމަށެވެ.

"ތިމާ އަމިއްލައަށް ގަބޫލުކުރާ ހަމަތައް ހިފެހެއްޓުމަށްޓަކައި ތެދުވިތެދުވުމަށްޓަކައި އިނާޒްއަށް ޝުކުރު ދަންނަވަން، ހުދުމުހުތާރުކަމާ ދެކޮޅަށް ތެދުވާނެ ގިނަ މީހުން އެބަ ބޭނުންވޭ،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އެ ޕޯސްޓުގައި ފައްޔާޒް ވަނީ މި ސަރުކާރުގެ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ ތެރެއިން ލިބުނީ އެންމެ 15 ޕަސެންޓު ނަމަވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގާ ހަރަދު މިދިޔަ އަހަރު އެކަނިވެސް އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވިކަމަށް އެ ޕޯސްޓުގައި ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުން ކުރާ ހަރަދު އިތުރުވަމުންދާ ކަމާއި ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ހުރި މައްސަލަ އަދި، ތަރައްގީގެ މަޝްރޫއުތައް ހުއްޓި ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުންދާ މައްސަލަ ފައްޔާޒް ފާހަގަކުރައްވާފައިވެ އެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމާއި 14 ޕަސެންޓަށްވުރެ ބޮޑު އިންޓްރެސްޓުގައި ލޯނު ނަގަން ކުރާ މަސައްކަތާ ގުޅިގެން ވެސް ފައްޔާޒް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އެކަމާ ގުޅިގެން ޒަރިޔަންދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނޭޝަނަލް ބަޖެޓިންގައި މަސައްކަތް ކުރި ދުވަސްވަރު އިނާޒްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ކަމަށާއި އިގުތިސާދީގޮތުން ހެޔޮ ބަދަލު އަންނާނެ ފަދަ ނިންމުންތައް ނިންމުމަށްޓަކައި އިނާޒް އޭރު ވެސް ކުރެއްވި މަސައްކަތް ތަޖުރިބާ ކުރެވުނު ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމި ނިންމުމާ ގުޅިގެން، ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވުމަށް ތިޔަ ނިންމެވި ނިންމެވުމަށް އަޅުގަނޑު ފުރިހަމައަށް އިހުތިރާމު ކުރަން. ތިޔަ ސާބިތުކޮށްދެއްވި ނަޒާހާތްތެރިކަމާމެދު ފަހުރުވެރިވަން. ތިޔަ ބޭފުޅާއަށް އޮތް އިތުބާރު އަދިވެސް އެގޮތުގައި ދެމި އެބަ އޮތް،" ޒަރިޔަންދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox