ހުޅުމާލެ މިސްކިތް ނުނިމި ދިގުލާ ސަބަބު އެސްޖޭއިން ސާފުކޮށްދީފި

ހުޅުމާލެ މިސްކިތް ނުނިމި ދިގުލާ ސަބަބު އެސްޖޭއިން ސާފުކޮށްދީފި

އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މިސްކިތް ނުނިމި ދިގުލައިގެންދާ ސަބަބުން އެ ކުންފުނިން ސާފުކޮށްދީފި އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ފޮނުވި ސިޓީއެއްގައި އެ ކުންފުނިން މިސްކިތް އެޅުމަށް ކޮށްފައިވާ މަސައްކަތްތަކާއި މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ފާހަގަކޮށްފައިވެ އެވެ.

އެސްޖޭއިން ބުނީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އާ ކުރަން ޖޫން 24، 2025، ގައި މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމެއްގައި ދެފަރާތުން އެއްބަސްވުމަށްފަހު، ބައްދަލުވުމުގައި ވައުދުވި ގޮތަށް މިނިސްޓްރީން އަމަލުކޮށްފައިނުވާތީ، އެ އެއްބަސްވުން އެކީގައި ބާތިލުވެފައިވާ ކަމަށެވެ.

އެ ބައްދަލުވުން މިނިސްޓްރީއާއެކު ބޭއްވުނީ އެއްބަސްވުމުގެ މުއްދަތު ހަމަވެ، މުއްދަތު އާ ނުކޮށް، އޮންނަތާ 341 ދުވަސް ފާއިތުވެގެން ދިޔައިރުވެސް މިނިސްޓްރީގެ ހަބަރެއް ނުވެގެން އެސްޖޭއިން އެދިގެންކަން ފާހަގަކޮށް އެ ކުންފުނިން ބުނީ މިނިސްޓްރީއާއެކު ޖޫން 24، ގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ ވެސް ނެތް ކަމަށް ބުނެ ޔައުމިއްޔާ ހިއްސަކޮށްފައި ނުވާ ކަމަށެވެ.

"މައްސަލާގައި ކަންހިގާފައިވާ ގޮތަކީ މިކުންފުނިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެތަށް ފަހަރަކު އީއޯޓީއަށް އެދުމުންވެސް އީއޯޓީ އެޕްރޫވް ނުކުރުމުން މަސައްކަތް މެދުކަޑާލުމުން، 24 ޖޫން 2025 ގައި ބައްދަލުވުމެއް ބޭއްވުމަށްފަހު އެއްބަސްވުން އައުކުރުމަށް ދެފަރާތުން އެއްބަސްވެފައި، ބައްދަލުވުމުގައި ވައުދުވި ފަދައިން މިނިސްޓްރީން އަމަލުކޮށްފައިނުވާތީ، އެކަށީގެންވާ މުއްދަތެއްގައި އެއްބަސްވުން އައުނުކުރުމުގެ ސަބަބުން އެއްބަސްވުން އެކީގައި ބާތިލުވެފައިވުން،" އެސްޖީއިން ބުންޏެވެ.

މިސްކިތް އެޅުމަށް އެސްޖޭއާ ހަވާލުކޮށްފައި އޮތް މަޝްރޫއު ނިންމަން ހަވާލުކުރީ ޖުލައި 18، 2024، ގަ އެވެ. އެ މުއްދަތުގެ ކުރިން މިނިސްޓްރީން މިސްކިތުގެ ކުރެހުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، އޭގެއިން އެއްވެސް ބަދަލެއް ވެސް އެއްބަސްވުމަށް އިތުރުނުކުރާ ކަމަށް އެސްޖޭއިން ބުންޏެވެ.

މިގޮތުން އެސްޖެއިން ބުނީ މިނިސްޓްރީގެ ހަބަރެއް ނުވެ އެތައް ދުވަހެއް ފާއިތުވެފައިވާތީ، އެތައް ދުވަހެއް މަޝްރޫ ކުރިއަށް ނުގެންދެވި މަޑުޖެހިގެންދިޔަ ކަމަށެވެ. އޭގެއިތުރުން މަޝްރޫއުގެ މަސައްކަތުގެ އަޕްޑޭޓްތައް މިނިސްޓްރީން ނުބަލާ ކަމަށާއި ފޮނުވާ ސިޓީތަކަށް ވެސް ޖަވަބު ނުދޭކަން އެސްޖޭއިން ފާހަގަކުރި އެވެ.

އެ ކުންފުނިން ބުނީ މިނިސްޓްރީން މަޝްރޫއަށް ސަމާލުކަން ނުދޭކަން އެނގެނީ ނޮވެމްބަރު 15، 2023، ގައި ފޮނުވި ސިޓީއަށް މެއި، 20، 2025، ގައި ޖަވާބު ދިނުމުން ކަމަށެވެ. މިނިސްޓްރީން އެ ސިޓީއަށް ޖަވާބުދިންއިރު މަޝްރޫއު ޖުލައި 18، 2024، ގައި ނިމިފައިވާކަން ކުންފުނިން ފާހަގަކުރި އެވެ.

"2025 ވަނަ އަހަރު ސެޕްޓެމްބަރު މަހު 02 ވަނަ ދުވަހު މިނިސްޓަރު ސައިޓަށް ވަޑައިގެންފައި ގުއްބުގެ ސައިޒު އަދަދާއި ހިލާފަށް ބޮޑުވުމުން މެއިންޓެނެންސް ކުރުމަށް ދަތިވާނެތީ، ގުއްބު އަލުން ރީޑިޒައިން ކޮއްދިނުމަށް މިކުންފުނީގައި އެދުމުން މިނިސްޓްރީން އެދިލެއްވި ފަދައިން ރީޑިޒައިންކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ. އަދި އަދާއި ހަމައަށްވެސް މިނިސްޓަރ ސައިޓަށް ވަޑައިގެން ދެއްވި އިރުޝާދު ލިޔުމުން މިކުންފުންޏަށް ލިބިފައިނުވޭ. އަދި ޓްރޯވިން އެޕްރޫވަލް ލިބިފައިވެސްނުވޭ،" އެ ކުންފުނިން ބުންޏެވެ.

ނަމަވެސް އެސްޖެއިން ބުނީ މިނިސްޓްރީއާއެކު ހެދި އެއްބަސްވުން ބާތިލުވެފައިވީ ނަމަވެސް، އެ ކުންފުނިން ދަނީ މިސްކިތުގެ ކުރެހުމުން މަދުވާ ކުރެހުންތައް އަމިއްލައަށް ކުރަހައި، މިނިސްޓްރީއަށް ހުށަހަޅަމުން ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެޕްރޫވް ލިބެންދެން، މަސައްކަތް މަޑުނުޖައްސާ މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ިނިސްޓްރީއަށް ޑިޕެންޑުނުވެ މަސައްކަތް ކުރިޔަށްދާތީ އޭގެ ހެޔޮ ނަތީޖާ ސައިޓުން މިހާރު ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓުނީ އިސްލާމިކް މިނިސްޓްރީގެ އައިރު ޒިންމާދާރުކަމުންނެވެ.

އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހިމަށް ވަޓްސްއަޕުން މެސެޖުކޮށް "30 މިލިއަން ރުފިޔާ ކާލާގެން އަމިއްލަ ވިޔަފާރި ތިކުރަނީ" ކަމަށް ބުނެ މެސެޖުކޮށްފައިވާތީ، އަދި އެސްޖޭއިން ރިސޯޓެއް ތަރައްގީކުރާ ކަމަށް ނޫހެއްގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓާއެކު މެސެޖުކޮށްފައިވާތީ، އެ ފައިސާ ކެއިގޮތް ސާފުކޮށްދިނުމަށް ވެސް މިނިސްޓަރަށް ފޮނުވި ސިޓީގައި އެސްޖޭއިން އެދިފައިވެ އެވެ.

މީގެއިތުރުން މިސްކިތް އެޅުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާތަށް އަދާކުރެވިފައިވާ މިންވަރު އަންގައިދޭ ޓައިމްލައިނާއި މިދިޔަ އަހަރު ޖޫން، އޮކްޓޯބަރު އަދި ޑިސެމްބަރު ބޭއްވުނު ބައްދަލުވުންތަކުގެ ޔައުމިއްޔާ ފޯރުކޮށްދިނުމަށް ވެސް އެސްޖޭއިން އެދިފައިވެ އެވެ.

އެސްޖޭއިން ވަނީ މިހާތަނަށް ރާއްޖެގައި 11 މިސްކިތް ބިނާކޮށް، އެއް އިސްލާމީ މަރުކަޒު އަޅައިފަ އެވެ. އެ ކުންފުނިން ފޭސް ދޭއްގެ މިސްކިތުގެ މަސައްކަތް ފެށިފަހުން ފެށި ހއ. ދިއްދޫ 75 ރޯހައުސް އަދި ލ. ގަމު 100 ހައުސިން ޔުނިޓްގެ މަސައްކަތް ވަނީ 95 ޕަސަންޓް ނިންމާފަ އެވެ.

މީގެ އިތުރުން އއ. ރަސްދޫ، ޅ. ކުރެންދޫ އަދި ސ. ފޭދޫ ގައި މިކުންފުނިން ދަނީ ހައުސިން މަޝްރޫއު ހުއްޓުމެއްނެތި ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox