ހުލާސާކޮށް އިއްޔެ: މީޑިއާ ކޮމިޝަނުން ފާހަގަކުރި ކަންކަމުގައި ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތް

Jan 25, 2026, 2:30 AM
މީޑިއާ ކޮމިޝަންގެ ބައެއް މެންބަރުން

މީޑިއާ ކޮމިޝަންގެ ބައެއް މެންބަރުން

އަދަދު ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) އިއްޔެ ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދުގެ ކާޓޫނާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން މި ނޫހަށް ފޮނުވި ސިޓީގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ ދެ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތިން ހިޔާލުފާޅުކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"ބަޔާން ކުރެވުނު ދުސްތޫރީ ނައްސުތަކުގެ އަލީގައި އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވާ ކުރެހުމަށާއި އެ ކުރެހުމުން ރަމްޒު ކޮށްދޭ މާނައަށް ބެލުމުން އެ ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓެއް ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކޮށްފައި ވަނީ އެއްވެސް ސައްހަ ޝަރުއީ އަދި ދުސްތޫރީ ނުވަތަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން ސާފުކޮށް އެނގެ އެވެ،" އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

Advertisement

އެ ވާހަކައަށް ބާރުދެއްވައި ޑީޑީ ލިޔުއްވާފައި ވަނީ އަގީދާގެ ދާއިރާގައި ސުންނަތް ޖަމާއަތުގެ މީހުން ކައިރީގައި އިސްލާމްދީނުގެ އަސްލަކީ އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުން ކަމަށެވެ. އަދި، ޝަރުއީ ހުކުމްތަކާއި ގާނޫނީ ދާއިރާއިން ބަލާއިރު، އިސްލާމްދީނުގެ އަސްލުކަމުގައި ބެލެވެނީ އެއާމެދު އެއްވެސް ހިލާފެއް އުފެދިފައި ނުވާ ޤަތުޢީ ދަލީލުުތަކުން ސާބިތުވެފައިވާ އިސްލާމީ ޝަރީއަތުގެ ހުކުމްތަކާއި އާންމު މަގުސަދުތަކާއި މަބްދައުތަކާއި އުސޫލުތައް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި އިސްލާމްދީނުގެ އަސްލުކަމަށް މާނަކޮށް ބަޔާން ކޮށްފައި އޮންނަނީ އެއީ، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންތައްތަކުގެ ތެރެއިން އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައި ނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަ ކޮށްދޭ އުސޫލުތައްކަން ޑީޑީގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

"އެހެންކަމުން، އިޝާރާތް ކުރެވުނު ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް ބަލަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތްކަން އަންނިވި ދެވަނަ ނުކުތާއިން ބޮޑަށް ސާފުވެގެން ދާނެ އެވެ،" ޑީޑީގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމަކީ އިސްލާމީ ޝަރީއަތުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި ޑީޑީ ލިޔުއްވާފައި ވަނީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންގެ މެދުގައި އަށަގެންފައިވާ ފަސާދަ އާއި ހިޔާނާތުގެ ކަންކަން ގާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާގައިވާ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީ ނޫސްވެރިންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

މީހެއްގެ ނުވަތަ ބައެއްގެ އަމަލަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއްތޯ ކަނޑައެޅުމުގައި ބަލަންޖެހެނީ އުސޫލުލްފިގުހުގެ ޤާއިދާއެއް ކަމުގައިވާ "އަލް އުމުރު ބިމަޤާސިދިހާ" ގެ ތަތުބީގާތުތަކަށް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

އުސޫލުލްފިގުހުގެ އެ ގާއިދާއަކީ، އަމަލެއްގެ މައްޗަށް ހުކުމެއް ކުރެވޭނީ އެ އަމަލެއް ހިންގި މަގުސަދަށް ބެލުމަށްފަހުގައި ކަމަށް އޮންނަ ގާއިދާއެކެވެ.

"މި ގާއިދާގެ މަފްހޫމަކީ ޝަރުއީ އުސޫލުތަކާ ހިލާފުނުވާ ތަފާތު ކަންކަމާއި ތަސައްރުފާތުތައް ބަލައި ވަޒަންކުރަން ކުރުމުގައި ޝަރުއީ މިންގަނޑަކީ އެ ކަންކަމުގެ މަގުސަދެވެ. ބޭރު ފުށަށް ފެންނަ ގޮތެއް ނޫނެވެ،" ޑީޑީ ލިޔުއްވާފައިވެ އެވެ.

"އެހެންކަމުން ބުނެވުނު ކުރެހުމުގައި، ނަމާދުކުރާ މަންޒަރާއި ރިޝްވަތު ދޭ މަންޒަރު އެކީއެގައި ދައްކުވައިދިނުމުގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ މެދުގައި ފަސާދަ އެއްވެސް ހައްދެއް ނެތް މިންވަރަށް ވަކި ވަގުތަކާއި ޒަމާނަކަށް ބެލުމެއް ނެތި ފެތުރިފައިވާ މަންޒަރު ތައުބީރު ކޮށްދިނުމެވެ."

އެ ކަންކަމަށް އަލި އަޅުއްވައިލެއްވުމަށްފަހު، ޑީޑީ ލިޔުއްވާފައި ވަނީ އަދަދުގެ ކުރެހުމުގެ އަސްލު މަގުސަދު އޮޅޭ ގޮތަށް، އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަނީ ކޮރަޕްޝަނާއި ފަސާދަ ފަދަ މުންކަރާތްތައް ނަހީ ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ފޮރުވުމަށް ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox