އަދަދުގެ ކާޓޫނު އިސްލާމް ދީނުގެ އަސްލަކާ ހިލާފޭ ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) -- ފޮޓޯ: އެކްސް

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) -- ފޮޓޯ: އެކްސް

އަދަދު ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ޑީޑީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދުގެ ކާޓޫނާ ގުޅިގެން ކޮންޓްރޯލް ކޮމިޝަނުން މި ނޫހަށް ފޮނުވި ސިޓީގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ ދެ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތިން ހިޔާލުފާޅުކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"ބަޔާން ކުރެވުނު ދުސްތޫރީ ނައްސުތަކުގެ އަލީގައި އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވާ ކުރެހުމަށާއި އެ ކުރެހުމުން ރަމްޒު ކޮށްދޭ މާނައަށް ބެލުމުން އެ ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކޮންޓެންޓެއް ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކޮށްފައި ވަނީ އެއްވެސް ސައްހަ ޝަރުއީ އަދި ދުސްތޫރީ ނުވަތަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން ސާފުކޮށް އެނގެ އެވެ،" ޑީޑީ ލިޔުއްވާފައިވެ އެވެ.

އެ ވާހަކައަށް ބާރުދެއްވައި ޑީޑީ ލިޔުއްވާފައި ވަނީ އަގީދާގެ ދާއިރާގައި ސުންނަތް ޖަމާއަތުގެ މީހުން ކައިރީގައި އިސްލާމްދީނުގެ އަސްލަކީ އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުން ކަމަށެވެ. އަދި، ޝަރުއީ ހުކުމްތަކާއި ގާނޫނީ ދާއިރާއިން ބަލާއިރު، އިސްލާމްދީނުގެ އަސްލުކަމުގައި ބެލެވެނީ އެއާމެދު އެއްވެސް ހިލާފެއް އުފެދިފައި ނުވާ ޤަތުޢީ ދަލީލުުތަކުން ސާބިތުވެފައިވާ އިސްލާމީ ޝަރީއަތުގެ ހުކުމްތަކާއި އާންމު މަގުސަދުތަކާއި މަބްދައުތަކާއި އުސޫލުތައް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި އިސްލާމްދީނުގެ އަސްލުކަމަށް މާނަކޮށް ބަޔާން ކޮށްފައި އޮންނަނީ އެއީ، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންތައްތަކުގެ ތެރެއިން އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައި ނުވާ ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަ ކޮށްދޭ އުސޫލުތައްކަން ޑީޑީގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

"އެހެންކަމުން، އިޝާރާތް ކުރެވުނު ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް ބަލަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތްކަން އަންނިވި ދެވަނަ ނުކުތާއިން ބޮޑަށް ސާފުވެގެން ދާނެ އެވެ،" ޑީޑީގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމަކީ އިސްލާމީ ޝަރީއަތުގައި ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި ޑީޑީ ލިޔުއްވާފައި ވަނީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންގެ މެދުގައި އަށަގެންފައިވާ ފަސާދަ އާއި ހިޔާނާތުގެ ކަންކަން ގާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާގައިވާ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީ ނޫސްވެރިންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

މީހެއްގެ ނުވަތަ ބައެއްގެ އަމަލަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއްތޯ ކަނޑައެޅުމުގައި ބަލަންޖެހެނީ އުސޫލުލްފިގުހުގެ ޤާއިދާއެއް ކަމުގައިވާ "އަލް އުމުރު ބިމަޤާސިދިހާ" ގެ ތަތުބީގާތުތަކަށް ކަމަށް ޑީޑީ ލިޔުއްވާފައިވެ އެވެ.

އުސޫލުލްފިގުހުގެ އެ ގާއިދާއަކީ، އަމަލެއްގެ މައްޗަށް ހުކުމެއް ކުރެވޭނީ އެ އަމަލެއް ހިންގި މަގުސަދަށް ބެލުމަށްފަހުގައި ކަމަށް އޮންނަ ގާއިދާއެކެވެ.

"މި ގާއިދާގެ މަފްހޫމަކީ ޝަރުއީ އުސޫލުތަކާ ހިލާފުނުވާ ތަފާތު ކަންކަމާއި ތަސައްރުފާތުތައް ބަލައި ވަޒަންކުރަން ކުރުމުގައި ޝަރުއީ މިންގަނޑަކީ އެ ކަންކަމުގެ މަގުސަދެވެ. ބޭރު ފުށަށް ފެންނަ ގޮތެއް ނޫނެވެ،" ޑީޑީ ލިޔުއްވާފައިވެ އެވެ.

"އެހެންކަމުން ބުނެވުނު ކުރެހުމުގައި، ނަމާދުކުރާ މަންޒަރާއި ރިޝްވަތު ދޭ މަންޒަރު އެކީއެގައި ދައްކުވައިދިނުމުގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ މެދުގައި ފަސާދަ އެއްވެސް ހައްދެއް ނެތް މިންވަރަށް ވަކި ވަގުތަކާއި ޒަމާނަކަށް ބެލުމެއް ނެތި ފެތުރިފައިވާ މަންޒަރު ތައުބީރު ކޮށްދިނުމެވެ."

އެ ކަންކަމަށް އަލި އަޅުއްވައިލެއްވުމަށްފަހު، ޑީޑީ ލިޔުއްވާފައި ވަނީ އަދަދުގެ ކުރެހުމުގެ އަސްލު މަގުސަދު އޮޅޭ ގޮތަށް، އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަނީ ކޮރަޕްޝަނާއި ފަސާދަ ފަދަ މުންކަރާތްތައް ނަހީ ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ފޮރުވުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox