އެމްޖޭއޭގެ ރައީސް ނާއިފްއަށް މަރުގެ އިންޒާރު ދީފި، މައްސަލަ ފުލުހަށް!

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާއިފްއަށް މަރުގެ އިންޒާރު ދީފި އެވެ.

ދައުރު ނޫހުގެ އެޑިޓަރެއްގެ މަގާމު ވެސް ފުރުއްވާ ނާއިފް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށެވެ. ހުސެއިން މެސީގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގައި އިންޒާރުދީ ބުނެފައި ވަނީ ކ. ގުރައިދޫއަށް އަރައިފި ނަމަ، ވަކިވަކި ކޮށްލާފައި ވިއްކާލާނެ ކަމަށެވެ.

އެކަމާ ގުޅިގެން އަދަދު އާ ވާހަކަދައްކަވަމުން ނާއިފް ވިދާޅުވީ އިންޒާރުގެ މެސެޖުތައް އަންނަން ފެށީ ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑާ މެދު ދައުރު ނޫހުގެ ޕޮޑްކާސްޓެއްގައި ދެއްކި ވާހަކަ އާއި ސިޓީ ހޮޓާތަކުން ވެސް ވަކި ހުއްދައެއް ނަގައިގެން ފަތުރުވެރިންނަށް ބަނގުރާ ވިއްކޭ ގޮތް ހަދަންޖެހޭ ކަމަށް ބުނެ ފާޅުކުރި ހިޔާލަކާ ގުޅިގެން ކަމަށެވެ.

"[ފޭސްބުކް މެސެންޖާއިން] އިންޒާރުގެ މެސެޖުތައް ފޮނުވަނީ، އެ މައްސަލަ މިހާރު ވާނެ ފުލުހުންނަށް ވެސް ހުށަހަޅާފައި،" ނާއިފް ވިދާޅުވި އެވެ.

އެކިއެކި އެކައުންޓުތަކުން އިންޒާރުގެ މެސެޖުތައް ލިބެމުންދާކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ އެންމެ ކަންބޮޑުވަނީ އިންޒާރު ދެނީ ކޮންބައެއްކަން ފުލުހުންނަށް ނުހޯދޭތީ ކަމަށެވެ. އަދި، އޭގެ ސަބަބެއް ކަމަށް ބެލެވެނީ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމުގައި ސަރުކާރުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން އުޅުން ކަމަށް ނާއިފް ވިދާޅުވި އެވެ.

"ކަންބޮޑުވަނީ އެ މީހުންނަށް [ފުލުހުންނަށް] އެކަން ނުހޯދޭތީ، ކޮންމެ ފަހަރަކު ބޮޑީ ގާޑެއް ލާފައި ދޫކޮށްލަނީ، އަސްލު އެހެން އެ ވަނީ ސަރުކާރުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ވެސް މި ފިއުލް ކުރުމުގައި ބައިވެރިވޭ، އެއީ ދެން ވަރަށް ބޮޑު ކަންބޮޑުވުމެއް،" ނާއިފް ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހެޅުމާއެކު، އެ މުއައްސަސާއިން ސެކިއުރިޓީގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. މީހެއްގެ ފުރާނައަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ ދޭ އިންޒާރަކާ ގުޅިގެން ސެކިއުރިޓީގެ ހިދުމަތް ދެނީ އެ މީހަކަށް އޮތް ނުރައްކަލުގެ ބޮޑުކުޑަ މިންވަރު ވަޒަންކުރުމަށް ފަހު އެވެ.

މިއީ ނާއިފްއަށް މަރުގެ އިންޒާރު ދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން 2023 ގައި ދައުރު ނޫހުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ވެސް އޭނާއަށް މަރުގެ އިންޒާރު ދިނެވެ. އެ މައްސަލަ މަޖިލީހަށް ވެސް އޭރު ހުށަހެޅި އެވެ. ނަމަވެސް އެ އިންޒާރު ދިނީ ކާކުކަން ދެނެނުގަނެވޭތީ ކަމަށް ބުނެ އެ ފަހަރު ވެސް ފުލުހުން މައްސަލަ ފައިލް ކުރީ އެވެ.

އޭގެފަހުން މިދިޔަ އަހަރު ފާސްކުރި ކޮންޓްރޯލް ގާނޫނާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރި ދުވަސްވަރު ވެސް ނާއިފްއަށް މަރުގެ އިންޒާރު ދިނެވެ. އެ މައްސަލަ ވެސް ފުލުހުންނަށް އޭރު ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލައިގައި ވެސް އެއްވެސް މީހަކަށް ފިޔަވަޅެއް ފުލުހުން އަޅައިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox