ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްއިން ބޭރުކުރެވޭނެ ތަނެއް ނޫން: ޒަރިޔަންދު

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ޒަރިޔަންދު.

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ޒަރިޔަންދު.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުތަކުގެ ތެރެއިން، ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކުން ބަރީޢަކުރެވޭނެ ތަނެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު، ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ޒަރިޔަންދު މިހެން ވިދާޅުވީ، މާލޭގެ އިދާރީ އޮނިގަނޑާއި ހުޅުމާލޭގެ ހިންގުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒަރިޔަންދު ފާހަގަ ކުރެއްވި ގޮތުގައި، ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ސާފުކޮށް އެނގެން އޮތްއިރު، ގާނޫނު އަސާސީގެ ޖަދުވަލު 2 އާއި، ލާމަރުކަޒީ ގާނޫނު (7/2010) ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، މާލޭގެ އިދާރީ ދާއިރާގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނުގެ 40 ވަނަ މާއްދާއިން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ މުނިސިޕަލް އަދި އިދާރީ މަސްއޫލިއްޔަތުތަކަކީ، ސަރުކާރުން ބޭނުންވުމުން ހަވާލުކޮށްފައި، ބޭނުން ނުވުމުން އަތުލެވޭނެ "އިހުތިޔާރީ" ކަމެއް ނޫން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ހުޅުމާލެއަކީ މާލޭގެ އިދާރީ ދާއިރާގެ ބައެއް ކަމަށްވާއިރު، އެތަނުގެ ހިންގުން ކައުންސިލްގެ ދާއިރާއިން ބޭރުކުރުމަކީ ގާނޫނީ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި ހުޅުމާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ އެންމެ ބޮޑު ޔަގީންކަމަކީ، އެ އަވަށުގެ ހިންގުން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލްގެ ދަށަށް ގެނައުމެވެ. މިގޮތުން ކުރައްވާނެ މައިގަނޑު ކަންތައްތަކަކީ؛ ހުޅުމާލޭގައި އަވަށު ކޮމިޓީތައް އުފައްދުމެވެ.

"އަޅުގަނޑުގެ މޭޔަރުކަމެއްގައި ހުޅުމާލޭގައި އުފެދޭނެ އަވަށު ކޮމިޓީތަކުން ބޭނުންވާގޮތަށް އެ މަސްޢޫލިއްޔަތާއި ހަވާލުވުމުގެ ޝަރުޢީ އަދި އިންތިޒާމީ ހަރަކާތްތައް ކުރިޔަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރިހަމަ އިހުތިސާސް ކައުންސިލަށް ހޯދުމަށްޓަކައި ކުރަންޖެހޭ ގާނޫނީ ބަހުސްތަކާއި، އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް ޒަރިޔަންދު ޔަގީންކަން ދެއްވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ފުރިހަމަނުކުރައްވައި، އެންމެ ފަހުން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ނުކުރެވިގެން އުޅެނީ އެ ކައުންސިލުން އެ ހިދުމަތާ ހަވާލުވާން ދެކޮޅު ހެދުމުން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މުއިއްޒު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން މިކަމާ ހަވާލުނުވެގެނެއް ނޫން މިއުޅެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަން ކުރަން ބޭނުންފުޅު ނުވާތީ އެކަން ނުކުރެވިގެން މިއުޅެނީ، ދެން އެޗްޑީސީގެ މައްސަލައެއް ނޫން މިއުޅެނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މައްސަލައެއް މިއުޅެނީ މިކަން ނުކުރާންވެގެން،" އާޒިމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox