ވިލިނގިލީގައި ދެމައިން ނިޔާވި މައްސަލައިގައި ދައުވާނުކުރަން ނިންމައިފި

ދެމައިން ނިޔާވި މައްސަލައިގައި ގއ. ވިލިނގިލީގައި ރައްޔިތުން ކުރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ؛ ހުސައިން ހަސަން

ދެމައިން ނިޔާވި މައްސަލައިގައި ގއ. ވިލިނގިލީގައި ރައްޔިތުން ކުރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ؛ ހުސައިން ހަސަން

މިދިޔަ އަހަރު ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅުމުގެ ތެރޭގައި ދެމައިން ވެސް ނިޔާވި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.

ފުލުހުން މައްސަލަ ފައިލްކޮށް އާއިލާއަށް ފޮނުވި ލިޔުމުގައި ބުނީ އެ މައްސަލަ ޕީޖީއަށް ހުށަހެޅުމުން، މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވެދާނެ ކަމެއް ނުފެންނާތީ ޑިކްލައިންކޮށްފައިވާ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ހުށަހެޅުމުން، މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވިދާނެ ކަމަށް ނުފެންނާތީ މައްސަލަ ޑިކްލައިންކޮށްފައިވޭ. އެހެންކަމުން، މި މައްސަލަ ފައިލްކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުން ބުންޏެވެ.

Advertisement

ބަނޑަށް އަށް މަހުގެ ޝިއުނާ ވަހީދު، 35، ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. ޖެހިގެން އައި ދުވަހު ވެސް ހާލު ރަނގަޅު ނުވެގެން ސިޒޭރިއަން ހެދުމަށްފަހު އަށް މަހުގެ ދަރިފުޅުނު ނެގި އެވެ،. އެއަށްފަހު ދެމެއިންގެ ހާލު ރަނގަޅު ނުވެގެން މާލެ ގެންނަން މަސައްކަތް ކުރަނިކޮށް ނިޔާވީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގަ އެވެ.

ޝިއުނާގެ ފިރިމީހާ އަދަދު އަށް ބުނީ މައްސަލަ ފައިލް ކުރުމުން ދާނެ ތަނެއް ހަދާނެ ގޮތް ވެސް ހުސްވެފައިވާ ކަމަށެވެ. އޭނާ ބުނީ ކިތަންމެ ދޮރެއްގައި ތެޅިޔަސް މިކަމުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ދާނެ ތަނެއް ހަދާނެ ގޮތެއް ވެސް ދެން ނޭގޭ. ކިތަންމެ ދޮރެއްގައި ތެޅިޔަސް އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން. ކުށަކަށްވީ ފަރުވާ ހޯދުން. ހޮސްޕިޓަލަށް ދިޔުން. އެކަމަކު އެނގޭ ފްލައިޓް އައުން ލަސްވިކަމާއި ފަރުވާ ދިނުން ލަސްވިކަން،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާފައިވަނީ އެކަމުގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންނަށް އެންގުމުންނެވެ.

"[މި] ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފަ،" އިހުސާން ކުރިން ވިދާޅުވި އެވެ.

މި ހާދިސާގައި ބައެއްގެ އިހުމާލު އޮތް ކަމަށް ޝިއުނާގެ އާއިލާއިން ބުނެ އެވެ. އެ އާއިލާއިން ބުނީ ވިލިނގިލީ ހޮސްޕިޓަލާއި އެއާ އެމްބިއުލޭންސުގެ އިހުމާލު ވެސް އެކަމުގައި އޮތް ކަމަށެވެ.

ޝިއުނާ ނިޔާވުމުގެ ކުރިން އޮކްސިޖެން ލެވެލް އިންތިހާއަށް ދަށްވިއިރު ވެސް ހޮސްޕިޓަލުން އެކަން ސީރިއަސްކޮށް ނުނަގާ ކަމަށް އާއިލާއިން ބުނެ އެވެ.

އޭގެއިތުރުން ދެމައިން ބަލައި ފޮނުވި އެއާ އެމްބިއުލޭންސްގައި އޮކްސިޖަން އާއި އެހެނިހެން ސާމާނު ހަމައަށް ނެތް ކަމަށް ވެސް އާއިލާއިން ފާހަގަކޮށްފައިވެ އެވެ.

ދެމެއިން މަރުވި މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ގޮވާލައި ވިލިނގިލީގައި އިހުތިޖާޖުވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox