ދަމަނަވެށިން ދޭ ހިދުމަތްތައް އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް ބަދަލުކޮށްފި

ދަމަނަވެށި

ދަމަނަވެށި

ވެކްސިންގެ ހިދުމަތްދޭން ހެލްތު މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ދަމަނަވެށިން ދޭ ހިދުމަތްތައް މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ. 

ހެލްތު މިނިސްޓްރީން ބުނީ ދަމަނަވެށި އިމާރާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ މަރުކަޒުން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތްތަކެއް މިއަދުން ފެށިގެން ވަގުތީ ގޮތުން މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ދަމަނަވެށި އުވާލުމަށްފަހު، އެތަނުގެ މުވައްޒަފުން އައިޖީއެމްއެޗްގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. 

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދަދު އަށް ކުރިން ވިދާޅުވީ ހެންވޭރު އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހެދުމުގެ މަސައްކަތް ކުރުމަށް ދަމަނަވެށި ހުސްކުރަން ޖެހޭ ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވާ ކަމަށެވެ. 

"ދަމަނަވެށީގެ ބައެއް ހިދުމަތް ދިނުމަށް ބޭނުންކުރަމުންދަނީ ކުރީގައި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގޮތުގައި ބޭނުންކުރިޔަ އިމާރާތުގައި، އެމްބީއެސް އިމާރާތް މަރާމާތު ކުރުމަށްފަހު ހެންވޭރު ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ދަމަނަވެށި ހުސްކުރަންޖެހޭކަން އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައި،" އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މުންދު ވިދާޅުވީ ދަމަނަވެށީގެ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް މިވަގުތު ނިންމާފައި ނުވާ ކަމަށެވެ. 

މާލޭގައި ފަސް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ސެންޓަރުތަކުގެ ހިދުމަތްތަކުގެ ތެރޭގައި ދަމަނަވެށިީގައި ދެމުންދާ ހިދުމަތްތައް ހިމަނައި އެ ހިދުމަތުގެ ތެރެއަށް ދަމަނަވެށީގެ ހިދުމަތްތައް ވެގެންދާގޮތުން ޔޫޕީއެޗްސީގެ ސްކޯޕް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޖުމްލަ 40 މުވައްޒަފުން ތިބޭ ދަމަނަވެށިން ދުވާލެއްގެ މައްޗަށް 300 އާއި 400 އާ ދެމެދުގެ މީހުންނަށް ހިދުމަތްދޭއިރު، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ދުވާލެއްގެ މައްޗަށް ހިދުމަތްދެނީ ލިމިޓްކޮށްގެން 50 މީހުންނަށެވެ. 

ދަމަނަވެށިން ދޭ ހިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ވެކްސިން ދިނުމާއި ޖީޕީ ސާވިސް އާއި ކޮމިއުނިޓީ ސާވިސް އަދި ސައިކޯސޯޝިއަލް ސަޕޯޓް ސާވިސަސް ޔުނިޓު ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox