ގޭންގެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ފުލުހުންނަށް ގޭންގެއް އުޅޭކަން ފާހަގަވެއްޖެ

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް ރާއްޖެއިން ގޭންގައި ގޭންގެއް އުޅޭކަން ފުލުހުންނަށް ފާހަގަވެއްޖެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ ގޭންގު ކަނޑައެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ބައެއް ކަންކަން ސާފުކުރަން އެންގުމާ ގުޅިގެން އެކަންކަން ފުލުހުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭންގް ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިފައިވޭ. އެހެންނަމަވެސް އެ އޮފީހުން ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެންނަށް އަންގާފައިވާތީ އެ މަސައްކަތް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ނޮވެމްބަރު 17، ގައި ރާއްޖޭގައި ގޭންގުތައް ނޫޅޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގޭންގު ހަދައިގެން ބަޔަކު ކުށްކުރާ ނަމަ އެ ބައެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިގެން ކޯޓުތަކުން އެއީ ގޭންގުގެ ގޮތުގައި ކަނޑައަޅައި ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރާއްޖޭގައި ގޭންގުތައް ނޫޅޭ ކަމަށް ސަރުކާރުން މިހާރު ބުނި ނަމަވެސް، މި ސަރުކާރުން ކުރިން ބުނެފައިވަނީ ރާއްޖޭގައި 83 ގޭންގެއް ހަރަކާތްތެރިވާ ކަމަށާއި އެ ގޭންގުތަކުގައި 3،600 މީހުން ކުށްކުރުމުގައި އުޅޭ ކަމަށެވެ. އޭގެއިތުރުން މާލޭގައި އެކަނިވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

އިސްހާގު ވިދާޅުވީ އަލަށް ފާސްކުރި ގޭންގް ގާނޫނުގެ ދަށުން މިހާތަނަށް ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު، 11 މީހަކު އާ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބަންދުގައި މިވަގުތު ދެ މީހަކު ތިބިއިރު، ދެ މައްސަލައެއްގައި ދައުވާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ 1، އިން ޑިސެމްބަރު 20، ގެ ނިޔަލަށް ގޭންގު ކުށްތަކާ ގުޅިގެން 17،483 ފަހަރު އެކި މީހުން ހުއްޓުވާ ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން 2،679 ފަހަރު ހުއްޓުވާ ސުވާލު ކުރެވުނީ ކުޑަކުދިންނެވެ.

އޭގެއިތުރުން 1،092 އުޅަނދު ޗެކްކުރިއިރު، 341 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ. ޖުމްލަ 10 ތަނެއް ބަލައި ފާސްކުރިއިރު. 170 ގްރެފިޓީއެއް ނައްތާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox