މައްޗަންގޮޅި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތައް އޮއްސާލައި މުއިއްޒު ލަދު ގަންނުވާލައިފި

ރައީސް މުއިއްޒު ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މައްޗަންގޮޅި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތައް އޮއްސާލައި މުއިއްޒު ލަދު ގަންނުވާލި ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މައްޗަންގޮޅި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތައް އޮއްސާލައި މުއިއްޒު ލަދު ގަންނުވާލި ---- ފޮޓޯ: ރައީސް އޮފީސް

މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުހައްމަދު މުއިއްޒު ބާއްވަމުން ގެންދަވާ ޖަލްސާތަކުގެ ތެރެއިން ރޭ މައްޗަންގޮޅީގައި ބޭއްވި ބައްދަލުވުމުގައި ޝުއޫރު ފާޅުކުރި ގިނަ ބަޔަކު ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް އަދި ހިދުމަތްތަކަށް ފާޑުކިޔައި، މުއިއްޒު ލަދުގަންނަވާލައްވައިފި އެވެ.

ރޭގެ ބައްދަލުވުމުގައި، ސަރުކާރުން ގެންގުޅޭ އެކި ސިޔާސަތުތަކަށް ފާޑުކީ ރައްޔިތުން ވަނީ އެކި ދާއިރާތަކުގައި ހުރި އުނި ކަންކަމާއި ހިދުމަތްތައް އަދި އަސާސީ ބޭނުންތައް ފުއްދުމުގައި ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެކަންކަމަށް އެކަށޭނަ ހައްލެއް ނުލިބޭތީ އާންމުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް ޝަކުވާ ކޮށްފަ އެވެ.

ބައްދަލުވުމުގައި ފުރަތަމަ ވާހަކަދެއްކި މުހައްމަދު އިހުސާން ބުނި ގޮތުގައި ސަރުކާރުން ބޯހިޔާވަކަމުގެ ސްކީމުތައް އިއުލާނުކުރުމުން އެންމެން ވެސް ކުރިމަތިލަނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. ނަމަވެސް، ދެން އެއަށްވުރެ ރަނގަޅު ސްކީމެއް ހުޅުވާޅުމުން އެ ސްކީމަކަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރެވޭނެތޯ އޭނާ ސުވާލުކުރި އެވެ. އެ ފުރުސަތު މިހާރަކު ނޯވެ އެވެ.

ދެން ވާހަކަ ދެއްކި އަންހެން އަންހެނަކު ބުނީ އޭނާ މައްޗަންގޮޅީގައި ދިރިއުޅެން ފެށީ އުމުރުން ތިން އަހަރުގައި ކަމަށެވެ. އަދިވެސް ދިރިއުޅެނީ ކުއްޔަށް ކަމަށާއި ކޮންމެ ފަހަރަކު ފުލެޓަށް ކުރިމަތިލި ނަމަވެސް އެއްވެސް ފުލެޓެއް މިހާތަނަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"މަނިކުފާނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑު ފުލެޓަށް ފޯމުލާތާ, އަޅުގަނޑަށް ފޯމު ލެވެން ފެށީއްސުރެން ފުލެޓަށް ފޯމު ލަނީ. އަޅުގަނޑަށް ޝަރުތު ހަމައެއް ނުވެ. އެއްފަހަރު ބުނާނެ މަންމައެއް ނެތޭ ބައްޕައެއް ނެތޭ. މިހާރު ކިޔަނީ 18 އަހަރު ނުވާ ދަރިންނެއް ނެތޭ،" އޭނާ ބުންޏެވެ.

އޭނާ މާލޭގައި އުޅެނިކޮށް ރަށްރަށް ވިހާ ދަރިން ބޮޑުވެ މާލެ ބަދަލުވެ، މާލެއިން ގޯތި ލިބިފައި އެބަތިބި ކަމަށާއި މިއީ އިންސާފުވެރި ސިޔާސަތެއް އަދި އުސޫލެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ދެން ރޭގެ ބައްދަލުވުމުގައި ވާހަކަދެއްކެވީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އެވެ. ރޭގެ ޖަލްސާގައި އޭނާ ވަނީ މަޝްވަރާއެއް ހިޔާލެއް ހޯދުމެއް ނެތި ބޮޑެތި ނިންމުންތައް ނިންމުމާއި ހިންގުމުގެ ދޯދިޔާ ކަމާއި، ނުފޫޒުން މަގާމު ބެހުމާއި ހިޔާނާތުން މުއްސަނދިކޮށް ދިނުން އަދި ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުގެ ހިމެނޭ ގޮތަށް ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ވާހަކައަށް އިޝާރާތް ކުރައްވައި އަހުމަދު މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ނުވައަކަށް ބަދަލު ކުރަން ހުށަހެޅި ބިލެވެ.

ފާޑުކިޔުން އަމާޒުވުމާއެކު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލުމަށް ފަހު މަޖިލީހުގައި އެ ބިލް އޮތީ ޕާކުކޮށްފަ އެވެ. ބިލް ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ [އެއީ] ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދުލް އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ އަދުލުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިއިން އެއްވެސް ވާހަކައަކަށް ރައީސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. އެ މައުލޫއަށް ވަޑައިގެން އެއްވެސް ވާހަކައެއް ވެސް ނުދައްކަވަ އެވެ.

ދެން ވާހަކަދެއްކި ފިރިހެނަކު ވަނީ ރަސްފަންނުގެ ހާލަތު ގޯސް ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އިތުރު އަންހެނަކު ވަނީ އާޓިފިޝަލް ބީޗުގެ ހާލަތު ވެސް ހަމަ އެފަދައިން އޮތް ކަމަށް ބުނެ، ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުންދާ ކަމަށް ބުނެފަ އެވެ.

ރޭގެ ބައްދަލުވުމުގައި ދެން ވާހަކަދެއްކީ ޓެކްސީ ޑްރައިވަރުންގެ ހައްގުގައި މީގެ ކުރިން ވެސް އެތައް މަސައްކަތެއް ކޮށްފައިވާ ޑްރައިވަރު މިސްބާހު ޝަރީފު އެވެ. ރައްޔިތުންގެ ފަޅީގައި ހުންނެވި ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، ޓެކްސީ ޑްރައިވަރުންނާއި އެމީހުންގެ އާއިލާތަކަކީ ރައްޔިތުންގެ ފަޅި ކަމުގައި އެމަނިކުފާނު ނުދެކޭ ކަމަކީ ހިތާމަކުރާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

"އެހެން މިދެންނެވީ ޑްރައިވާސް އެސޯސިއޭޝަނުން ރައީސް އާއި ބައްދަލުކުރުމަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާ ބައްދަލުނުވެ. އެއްވެސް ޖަވާބެއް ނުލިބިފަ ވާތީ. އެވާހަކަ ވެސް ދަންނަވާލަން. ބައްދަލުކުރަން ބޭނުންފުޅުވަނީ ކީއްވެތީ ނުވަތަ އިންތިހާބެއް ކުރިމަތިވީމަތޯ ބައްދަލުކުރައްވާނީ،" މިސްބާހު ވިދާޅުވި އެވެ.

އިތުރު ޓެކްސީ ޑްރައިވަރެއް ވެސް ރޭ ވާހަކަދެއްކި އެވެ. އޭނާގެ ޝަކުވާއަކަށްވީ ޖުމްހޫރީ މައިދާނާއި ސްކޫލުތައް ހިމެނޭ މައްޗަންގޮޅިއަށް ނިސްބަތްވާ ސަރަހައްދުގެ މަގުތައް ގިނައިން ބަންދުކޮށްފައި ހުންނާތީ ބާރުބޮޑުވުމެވެ. ހައްލެެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ މެދުޒިޔާރަތްމަގު ހުޅުވާލުމެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ސިޔާސަތާއި ބިދޭސީން ވިޔަފާރިކުރުމާއި އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ވެސް ރޭ ވާހަކަދެއްކި ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެކަންކަމަށް އެކަށީގެންވާ ޖަވާބެއް، އަދި ހައްލެ މުއިއްޒަކަށް ނުދެއްކުނެވެ. އަނެއްކާ ވެސް ދެއްވީ ކަންކަން ކޮށްދޭނެ އިތުރު ތާރީހުތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox