ދަރިފުޅަށް ޖިސްމާނީ އަދި ޖިންސީ އަނިޔާދިންކަމުގެ ތުހުމަތުގައި 50 އަހަރުގެ މަންމައަކު މާލެ ސަރަހައްދުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަކުއްޖާއަށް އޭނާގެ މަންމަ ޖިންސީ އަނިޔާ ދީފައިވަނީ މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ ކަމަށާއި އެ ކުއްޖާއަށް ޖިސްމާނީގޮތުން ވެސް އަނިޔާދީފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.














