އަހަރެމެން ދަތް މި އުނގުޅަނީ އެންމެ ރަނގަޅަށް ބާ!

Nov 5, 2025, 1:38 AM
އަހަރެމެން ދަތް މި އުނގުޅަނީ އެންމެ ރަނގަޅަށް ބާ!

އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި، އަހަރެމެން ކޮންމެ މީހަކީ ވެސް ދަތް އުނގުޅަންވީ އެންމެ ރަނގަޅު ގޮތް އެނގޭ މީހެކެވެ. އެއީ ހެނދުނާއި ރޭގަނޑު ދަތް އުނގުޅައި ސާފު ކުރުމެވެ. އެއަށް ވުރެ ފުރިހަމަކުރަން ބޭނުމިއްޔާ، އަނގަ ދޮންނަން ހާއްސަ ފެނަކުން – ކުދީނާ ފަތުގެ އާވި އެއްކުރި ފެނަކުން – ކޯ ދޮވުމެވެ.

ނަމަވެސް އަނގަޔާއި ދަތްތަކުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުން ބުރަވާ ގޮތުގައި ދަތް އުނގުޅުމަށް އުފައްދާފައި ހުންނަ އެންމެ ފެންވަރު ރަނގަޅު ބުރުހުން ދަތް އުނގުޅިޔަސް، އެކަމުގެ އެންމެ ރަނގަޅު ނަތީޖާ ނުފެނިދާނެއެވެ. އެއީ ދަތް އުނގުޅުމުގައި ހެދޭ ބައެއް ގޯސްތަކުގެ ސަބަބުންނެވެ.

ޔުނިވަސިޓީ އޮފް ބާމިންހަމްގެ ސްކޫލް އޮފް ޑެންޓިސްޓްރީގެ ޕްރޮފެސަރު ޑރ. ޕަރްވީން ޝަރްމާ ވިދާޅުވާ ގޮތުގައި އިނގިރޭސި ވިލާތުގެ ބޮޑެތި މީހުންގެ ދެ ބައިކުޅަ އެއްބައި މީހުންނަކީ އެމީހުންގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ހިރުގަނޑުގެ ކޮންމެވެސް ބައްޔަކާ ކުރިމަތިލާންޖެހޭ ބައެކެވެ. އަދި އެކަމުގައި އެންމެ ފުރަތަމަ ފެންނަން ފަށާނެ އަލާމާތަކީ ހިރުގަނޑުން ލޭ އައުމެވެ.

Advertisement

"ހިރުގަނޑުން ލޭ އަންނަން ފަށައިފިއްޔާ ނުވަތަ ހިރުގަނޑު ދުޅަވާން ފަށައިފިއްޔާ، އެއީ މިހާރަށް ވުރެ ރަނގަޅު ގޮތަކަށް ދަތް އުނގުޅަން ޖެހިފައިވާ ކަމުގެ އަލާމާތެއް،" ޑރ. ޕަރްވީން ޝަރްމާ ވިދާޅުވި އެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ދަތް އުނގުޅުމުގައި އެމީހަކު ހިފަހައްޓަންޖެހޭ އުސޫލުތަކާއި އާދަތައް ދެނެގަތުން މުހިންމެވެ. ޑރ. ޕަރްވީން ޝަރްމާ ވިދާޅުވާ ގޮތުގައި ދަތް އުނގުޅުމުގައި މުހިންމީ، އެމީހަކު ދަތް އުނގުޅަނީ ދުވާލަކު ކިތައް ފަހަރުތޯ ބެލުމެއް ނޫނެވެ. މުހިންމީ ރަނގަޅު ގޮތުގައި ދަތް އުނގުޅުމެވެ.

"އެކަށީގެންވާ ވަގުތު އޮތިއްޔާ، ދުވާލަކު ދެ ފަހަރު ރަނގަޅަށް ދަތްތައް އުނގުޅާ. އެކަމަކު އެންމެ ރަނގަޅީ ދުވާލަކު އެއް ފަހަރު ރަނގަޅަށް ދަތްތައް އުނގުޅުން. އަދި އެންމެ ރަނގަޅީ ވެސް ގިނަވެގެން ދެ މިނެޓް ވަންދެން އުނގުޅުން."

ޑރ. ޕަރްވީން ޝަރްމާ ވިދާޅުވާ ގޮތުގައި ދަތްތައް އުނގުޅަށް ވަގުތު ލިބެނީ ދުވާލަކު އެއްފަހަރު ކަމަށްވަންޏާ، އެކަން ކުރަން އެންމެ ރަނގަޅީ ހަވީރުގެ ވަގުތުގައެވެ. އޭގެ އިތުރުން، ދަތްތައް ފްލޮސް (އެކަމަށް ހާއްސަކޮށް އުފައްދާފައި ހުންނަ ރޮއްޖެއް ބޭނުންކޮށްގެން ދެ ދަތް ދޭތެރެ ސާފު ކުރުން) ކުރުމަކީ، ގިނަ މީހުން އެހާ ކުރާހިތް ނުވާ ކަމަކަށް ވިޔަސް، އެއީ ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ.

ދަތްތައް އުފެދިފައިވާ ގޮތާއި ދަތްތަކުގެ ދުޅަހެޔޮކަމާ ގުޅިފައިވާ މިންވަރަށް ބަލާއިރު ކޮންމެ ދަތެއްގައި ވެސް ތިން ބައެއް ހިމެނެއެވެ. އެއީ ދަތުގެ ބޭރު ފަރާތާއި އެތެރެ ފަރާތާއި ދަތްއަޅާ ސަރަހައްދެވެ. ދަތްއަޅާ ސަރަހައްދަކީ މަތީ ދަތްޕިލައިގެ ދަތްތަކާއި ތިރީ ދަތްޕިލައިގެ ދަތްތައް ޖެހޭ ހިސާބެވެ. އެއްޗެއްގައި ދަތް އެޅެނީ، ދެ ދަތްޕިލައިގެ އެ ދެމެދުގައި އެއްޗެއް ތާށިކޮށް ބާރުކޮށްމުންނެވެ.

އެހެންކަމުން، ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ދަތްތަކުގެ މި ތިން ބައި ވެސް ފުރިހަމައަށް ސާފުކޮށް ބަލަހައްޓަންޖެހެއެވެ. ރަނގަޅަށް ދަތްތައް ސާފުކުރުމާ އެކު ހިރުގަނޑާއި ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެންމެ ރަނގަޅީ، ބުރުހުގެ ނަރުތަކުން ދަތުގައި ޖެހޭ ހިސާބުން ވައްބުރަކަށް ވާ ގޮތަށް ދަތްތައް އުނގުޅުމެވެ. ނަމަވެސް މާ ބޮޑަށް ބާރު ނުލައި އުނގުޅުމެވެ.

ދަތް އުނގުޅުމުގައި އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ ދަތާއި ހިރުގަނޑާ ގުޅޭ ހިސާބަށެވެ. ސަބަބަކީ ހިރުގަނޑުގެ ބަލިތައް އާންމުކޮށް ޖެހެނީ އެ ސަރަހައްދަށް ޖަމަށްވާތީއެވެ.

ދަތްތައް އުނގުޅުމުގައި ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައަކީ ހެނދުނުގެ ނާސްތާއަށް ފަހުގައި ދަތް އުނގުޅުމެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ހެނދުނު ހޭލައިގެން ސައި ބުއިމުގެ ކުރިން ދަތް އުނގުޅުމެވެ. ނާސްތާއަށް ފަހުގައި ދަތް އުނގުޅަށް ބޭނުން ނަމަ، ނާސްތާކޮށް ނިމުމާއެކު ދަތް އުނގުޅުމުގެ ބަދަލުގައި އިރުކޮޅެއް ފަހުން އެކަން ކުރެވިދާނެއެވެ.

ސަބަބަކީ ކައިބޮއި ހެދުމުން، ކާތަކެތީގައި، ހާއްސަކޮށް ސަޔާއި މޭވާ ޖޫހާއި ކޮފީ ފަދަ ތަކެތީގައި އެކުލެވޭ ހުތް (އެސިޑް) ދަތްތަކުގައި ޖެހުމުން، ދަތްތަކުގެ ބޭރު ފަށަލަ ހުންނާނީ ވަރަށް ބޮޑަށް މަޑުވެފައެވެ. އެހާލަތުގައި ބޭސް ލައިގެން ދަތް އުނގުޅުމުން، ދަތްތަކުގެ ބާރު ފަށަލަ ގޭނި، ދަތްތަކުގެ އެތެރޭގެ ފަށަލަތަކަށް ގެއްލުން ލިބެން ފަށާނެއެވެ.

ދަތްތައް އުނގުޅައިގެން އަނގަ ދޮވުމުގައި ވެސް ވިސްނަންޖެހޭ ކަންތަކެއް އެބަހުއްޓެވެ. ދަތްތައް އުނގުޅައި ކުޅުޖެހުމަށް ފަހު، ފެނުން އަނގަޔާއި ކަރުތެރެ ދޮންނަ ނަމަ، އަދި އެއް ފަހަރު އެކަންކަމާ މެދު ސިއްހީ ނަޒަރަކުން ވިސްނައިލާށެވެ.

"ދަތްތައް އުނގުޅުމަށް ފަހުގައި ކުޅު ޖަހައިގެން، އަނގައިގެ ތެރޭގައި ހުރި ބޭސްތައް ސާފުކޮށްލިޔަސް، ފެނުން އަނގަ ނުދޮވޭ. އެ ގޮތަށް އަނގަ ދޮވުމުން ވާ ގޮތަކީ، ދަތްތަކާއި ހިރުގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ފްލޮރައިޑްއޭ މިކިޔާ ބައި އެއްކޮށް، އަނގައިގެ ތެރެއިން ދޮވެވިގެން ދަނީ. ދަތް އުނގުޅައިގެން އަނގަ ދޮންނަން ކޮންމެހެން ބޭނުމިއްޔާ އެކަމަށް ހާއްސަ މައުތުވޮޝްއެއް ބޭނުންކޮށްގެން އަނގަ ދޮވެލާ،" ޑރ. ޕަރްވީން ޝަރްމާ ވިދާޅުވި އެވެ.

ދަތް އުނގުޅާ ބޭހެއް ގަންނަން ދާއިރު، ފިހާރަތަކުގެ ހަރުގަނޑުތަކުގައި ލައްކަ ގިނަ ބާވަތްތައް ހުރެއެވެ. އެއް ބަޔަކު ދެކެނީ އަގުބޮޑު އެއްޗަކީ އެންމެ މޮޅު އެތި ކަމަށެވެ. އަނެއް ބަޔަކު ބަލަނީ މިންޓް އެކުލެވޭ ބޭހެއް ހޯދާށެވެ. އެމީހެއްގެ ހިރުގަނޑުގެ ހާލަތަށް ބަލައިގެން ބޭސް ގަންނަނީ މަދު ބައެކެވެ.

ޑރ. ޕަރްވީން ޝަރްމާ ވިދާޅުވާ ގޮތުގައި ދަތް އުނގުޅާ ބޭސް ގަންނަ އިރު މުހިންމީ އޭގެ އަގެއް ނޫނެވެ. އަދި އޭގެ ބްރޭންޑެއް ވެސް ނޫނެވެ. ދަތް އުނގުޅާ ބޭހެއް ގަންނައިރު ބަލަންވީ އެންމެ ކަމަކަށެވެ. އެއީ، އޭގައި ފްލޮރައިޑް އެކުލެވޭތޯއެވެ. ދަތްތަކުގެ ބޭރު ފަށަލަ ހިމާޔަތްކޮށްދީ، ހިރުގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ހަމައެކަނި މާއްދާއަކީ ފްލޮރައިޑްއެވެ.

އެހެން ނަމަވެސް، އެމީހެއްގެ އަނގައިގެ ދުޅަހެޔޮކަން ހުރި މިންވަރު ވަޒަން ކުރުމަށް ފަހު، ވަކި ބާވަތެއްގެ ދަތް އުނގުޅާ ބޭހެއް ބޭނުންކުރުމަށް ޑަކްޓަރުން ލަފާ ދީފައިވާ ނަމަ، އެމީހަކަށް އެންމެ ރަނގަޅު ވާނީ އެގޮތެވެ. (ބީބީސީ)

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox