އެފްބީއައިގެ ޑިރެކްޓަރު، ލަވަކިޔުންތެރިޔާ ވިލްކިންސްއާ ކައިވެނިކުރަނީ

Oct 5, 2026, 3:17 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް، އޭނާގެ ލޯބިވެރިޔާ އަދި ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސްއާ އެންގޭޖްވެފައިވާކަން އާދީއްތަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ދެމީހުން އިއުލާނުކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ވިލްކިންސް އާންމުކުރި ކަޅާއި ހުދު ފޮޓޯއެއްގައި ފެންނަނީ، 46 އަހަރުގެ ޕަޓޭލްއާ އެކު ހުއްޓިލައިގެން ހުރެ އޭނާގެ އެންގޭޖްމަންޓް އަނގޮޓި ދައްކާލަނިކޮށެވެ. 2025 ވަނަ އަހަރު ޕަޓޭލް އެފްބީއައިގެ އިސްވެރިޔާގެ މަގާމާ ހަވާލުވުމުގެ ކުރިން ވެސް މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، ޕަޓޭލް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ވިލްކިންސް ބައިވެރިވެފައިވެ އެވެ.

ކަންޓްރީ މިއުޒިކް ކިޔުންތެރިއެއްގެ އިތުރުން ސިޔާސީ އެނެލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ވިލްކިންސްގެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2023 ވަނަ އަހަރު އެވެ. ކޮންޒަވޭޓިވް ގްރޫޕްތަކާ ގާތް ގުޅުމެއް ބާއްވާ ވިލްކިންސްގެ ވެބްސައިޓުގައި ބުނެފައިވަނީ، އޭނާގެ މަސައްކަތަކީ ކަންޓްރީ މިއުޒިކްގެ އާދަކާދަތަކަށް އިހުތިރާމްކުރުމާއެކު، މިހާރުގެ ހާލަތްތަކާ ގުޅޭ ކަންކަމަށް ފާޑުކިޔައި މިއުޒިކްގެ ތެރެއިން އެކަންކަން ހުށަހަޅައިދިނުން ކަމަށެވެ.

ވިލްކިންސްގެ ފޮޓޯ ރީޕޯސްޓްކުރި ޕަޓޭލްއަށް ވަނީ ސަރުކާރުގެ މަތިންދާބޯޓުތައް ރަސްމީ ބޭނުމެއް ނެތް ދަތުރުތަކުގައި ބޭނުންކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ޕެންސިލްވޭނިއާގެ ސްޓޭޓް ކޮލެޖުގައި ބޭއްވި ޕްރޯ ރެސްލިން އިވެންޓަކަށް އެފްބީއައިގެ ޖެޓެއްގައި ދަތުރުކުރުން ހިމެނެ އެވެ. އެ އިވެންޓުގައި ވިލްކިންސް ވަނީ އެމެރިކާގެ ގައުމީ ސަލާމް ކިޔައިދީފަ އެވެ. އެ ހަރަކާތަށް ފަހު ވިލްކިންސް ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަނީ، ރަން ކުލައިގެ ބޮޑު ޗެމްޕިއަންޝިޕް ބެލްޓެއް ހިފައިގެން އެ ދެމީހުން ހިނިތުންވެފައި ތިއްބަ އެވެ.

މީގެ އިތުރުން، އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ނޭޝަނަލް މޯލްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި "ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ" ގައި ވިލްކިންސް ލަވަކިޔުމުން ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއީ އެ ހަރަކާތަކީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ހަރަކާތެއްކަން އެނގުމުން، އެހެން ބައެއް ފަންނާނުން އެ އިވެންޓުގައި ބައިވެރިނުވާން ނިންމާފައިވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox