ކުދިންނަށް އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

Oct 5, 2026, 3:18 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

އެމެރިކާގެ ސައުތު ކެރޮލައިނާގެ އުމުރުން 16 އަހަރުގެ ކުއްޖަކު ހިމެނޭހެން ތިން ކުއްޖަކު މަރުވި ހާދިސާތަކާ ހަވާލާދީ، ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށްގެން އެނާޖީ ޑްރިންކް އިޝްތިހާރު ކުރާ މިންވަރު މުރާޖައާ ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި، އެ ބޭފުޅުންގެ ކަންބޮޑުވުން އޮތީ ހަމައެކަނި މޮންސްޓާ އެނާޖީ ޑްރިންކްއާ މެދުގައެއް ނޫނެވެ. ނަމަވެސް ހުރިހާ ބާވަތެއްގެ އެނާޖީ ޑްރިންކްތަކާއި، އެފަދަ ބުއިންތަކާ އެކު ސްކޫލްތަކާއި ކުޅިވަރު އެސޯސިއޭޝަންތަކުން ހަދާ ޕާޓްނާޝިޕްތަކާ މެދު ވެސް ކަންބޮޑުވުން އެބަ އޮތެވެ.

މި މަސައްކަތުގައި ބައިވެރިވާ އައިޑަހޯގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. މެތިއު ނެލްސަން ވިދާޅުވީ، ކުދިންނަށް ނަމޫނާއެއް ކަމަށް ބަލާ ޔުނިވާސިޓީތަކާއި އެތުލީޓުން މިފަދަ އެނާޖީ ޑްރިންކްތައް އިޝްތިހާރު ކުރާތަން ފެނުމުން، އެއީ ކުޅިވަރު ކުޅޭއިރު ބޯން ރަނގަޅު "ސްޕޯޓްސް ޑްރިންކް" އެއް ކަމަށް ކުދިންނަށް ހީވާނެ އެވެ. ނަމަވެސް އެއީ އެއްގޮތަކަށް ވެސް ސްޕޯޓްސް ޑްރިންކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކެފެއިން މާގިނައިން ބޭނުންކުރުމުން ކުޑަކުދިންނަށް އެކި ގޮތްގޮތުން ގެއްލުން ލިބިދާނެ އެވެ. އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް ހިމެނޭހެން ސިއްހީ ދާއިރާގެ އެކި ޖަމިއްޔާތަކުން ބުނާ ގޮތުގައި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެނާޖީ ޑްރިންކް ބޭނުންކުރުމާ މުޅިން ދުރުވާން ޖެ ހެއެވެ. އެހެންނަމަވެސް، ގިނަ އަދަދެއްގެ ކުދިން އަދިވެސް މިފަދަ ބުއިންތައް ބޭނުންކުރެ އެވެ. 

އިންޑިއާނާގެ ޕީޑިއަޓްރިޝަން އަދި އެކަޑަމީގެ ނިއުޓްރިޝަން ކޮމިޓީގެ މުގައްރިރު ޑރ. ތަމާރާ ހެނަން ވިދާޅުވި ގޮތުގައި، ކެފެއިން އާއި އެހެނިހެން "ސްޓިމިއުލަންޓް" ތަކުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ނާވަސް ސިސްޓަމްގެ މަސައްކަތްތައް އާދަޔާ ހިލާފަށް ބާރުވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ނިޒާމަށް ނުކަތާވަރުގެ ބާރެއް ކުރިމަތިވެދާނެ އެވެ.

ތަފާތު ބާވަތްތަކުގެ ކެފެއިން އެއްކޮށް ބޭނުންކުރުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. ޑރ. ހެނަން ވިދާޅުވި ގޮތުގައި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ މައްސަލަތައް ކުރިން ހުންނަ ކުދިންނަށް މީގެ ނުރައްކާ މާ ބޮޑެވެ. ނަމަވެސް ސިއްހަތު ސަލާމަތުން ހުންނަ ކުދިން ވެސް މާގިނައިން ކެފެއިން ބޭނުންކޮށްފި ނަމަ ސީރިއަސް މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މީގެ ތެރޭގައި ޒުވާން އެތުލީޓުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވިސްނާލަން ޖެހޭ އަނެއް ކަމަކީ، ކުދިން ގިނަ ފަހަރަށް ތަފާތު ބާވަތްތަކުގެ ކެފެއިން ހިމެނޭ ބުއިންތައް އެއްފަހަރާ ބޭނުންކުރާ ކަމެވެ. 2017 ވަނަ އަހަރު މަރުވި ޑޭވިސް ކްރައިޕްގެ ހާދިސާގައި ވެސް ކަންވީ އެހެންނެވެ. މަރު ތަހުގީގުކުރާ އޮފިސަރު ބުނި ގޮތުގައި، ޑޭވިސްގެ ހިތުގެ އެއްވެސް މައްސަލައެއް ކުރިން ނެތެވެ. ނަމަވެސް އެ ދުވަހު އޭނާ ވަނީ "މައުންޓަން ޑިއު" އެއްގެ އިތުރުން މެކްޑޮނަލްޑްސް އިން ލާޓޭއެއް ބޮއެފަ އެވެ. އޭނާގެ ހިތުގެ ވިންދު ހުއްޓުނީ އެނާޖީ ޑްރިންކް ބުއި ފަހުންނެވެ.

ކެފެއިން މާގިނައިން ބޭނުންކުރުމާ ގުޅޭ ގޮތުން ކުދިން ހޭލުންތެރިކުރާނެ ގޮތްތަކެއް އެމެރިކާގެ ސީ.ޑީ.ސީ އިން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން މާގިނައިން ކެފެއިން ބޭނުންކުރުމުގެ ނުރައްކަލާއި، އެނާޖީ ޑްރިންކާއި ސްޕޯޓްސް ޑްރިންކާ ހުރި ތަފާތު ކިޔަވައިދިނުމަށް މުދައްރިސުންނާއި ކޯޗުންނަށް ވަނީ އިރުޝާދު ދީފަ އެވެ. ސްޕޯޓްސް ޑްރިންކަކީ ކުޅިވަރު ކުޅެ ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނާއި އިލެކްޓްރޯލައިޓްސް އިއާދަކުރުމަށް ތައްޔާރުކޮށްފައިވާ ބުއިންތަކެކެވެ.

މީގެ އިތުރުން، މައިންބަފައިންނާއި ބޮޑެތި މީހުން ކުދިންގެ ކުރިމަތީގައި އެނާޖީ ޑްރިންކް ބޭނުން ނުކުރުމަކީ ވެސް ކުދިންނަށް ދެއްކޭނެ ރަނގަޅު ނަމޫނާއެކެވެ.

ޑޭވިސްގެ ބައްޕަ، ޝޯން ކްރައިޕް ބުނި ގޮތުގައި، އޭނާގެ ދަރިފުޅަށް ދިމާވި ފަދަ ހިތާމަވެރި ވާހަކަތައް ހިއްސާކުރުމަކީ އެނާޖީ ޑްރިންކަކީ ކުދިންނަށް ހުރި އެއްޗެއް ނޫންކަން އެ ކުދިންނަށް ވިސްނައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. "އަޅުގަނޑުމެން އެދެނީ މައިންބަފައިން އަޅުގަނޑުމެންގެ މި ހިތާމަވެރި ހާދިސާ ބޭނުންކޮށްގެން، އެމީހުންގެ އަމިއްލަ ދަރިންނަށް މިކަމުގެ ނުރައްކާ ވިސްނައިދިނުން،" އޭނާ ބުންޏެވެ.

މައުލޫމާތު: އޭޕީ

ފަހުގެ ޚަބަރު

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

Newsletter

Get the latest news delivered straight to your inbox