ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

Oct 4, 2026, 7:32 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ މަގުބޫލު ކޭ-ޕޮޕް ބޭންޑުތަކުގެ ތެރޭގައި ހިމެނޭ "ސްޓްރޭ ކިޑްސް" އިން، 2027 ވަނަ އަހަރު ބާއްވާ ގްރެމީ އެވޯޑްސް ބޮއިކޮޓް ކުރުމަށް ނިންމައި، މަޝްހޫރު ބޭންޑް "ބީޓީއެސް" އާ ބައިވެރިވެއްޖެ އެވެ.

ސްޓްރޭ ކިޑްސް އިން މި ނިންމުން ނިންމާފައި މިވަނީ، އޭޝިއާގެ މިއުޒިކަށް ހާއްސަކޮށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީއަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި އާ ކެޓަގަރީގެ ސަބަބުން ކޭ-ޕޮޕް އަދި ޖޭ-ޕޮޕް ފަދަ މިއުޒިކްގެ ބާވަތްތައް ވަކި ދާއިރާއަކަށް ފައްތައި، މިއުޒިކްގެ މައިދާނުގައި އެ ބާވަތްތައް އެކަހެރިވެގެންދާނެ އެވެ.

މިއުޒިކަކީ ވަކި ސަރަހައްދަކަށް ނުވަތަ ބަހަކަށް ބިނާވެގެން ބަހާލެވިފައިވާ އެއްޗަކަށް ވުމުގެ ބަދަލުގައި، އެ މިއުޒިކެއްގެ އަސްލު ސިފަޔަށް ބަލައި މީހުން ބަލައިގަންނަ އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ، ބީޓީއެސް އިން ވަނީ އެއްވެސް ކެޓަގަރީއަކަށް އެމީހުންގެ ލަވަތައް ހުށަނާޅާނެކަން މިދިޔަ ޖުލައި މަހު އިއުލާނުކޮށްފަ އެވެ.

Advertisement

އެމެރިކާގެ އަލްބަމް ޗާޓުގެ އެއްވަނަ ނުވަ ފަހަރު ހޯދާފައިވާ ސްޓްރޭ ކިޑްސް އިން ވެސް މިހާރު ވަނީ ބީޓީއެސްގެ އެ ނިންމުމާ އެއްގޮތަށް އަމަލުކުރަން ނިންމާފަ އެވެ. އެ ބޭންޑުގެ ރެކޯޑް ލޭބަލް ކަމަށްވާ ޖޭވައިޕީ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ގްރެމީ އެވޯޑަށް ސްޓްރޭ ކިޑްސް އިން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އެ ބޭންޑުގެ އެންމެ ފަހުގެ އަލްބަމް "ދިސް އެންޑް ދެޓް" ނެރުމަށް މިދިޔަ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ލަވަކިޔުންތެރިޔާ ހުވަން ހިއުން-ޖިން ބުނީ، އެވޯޑެއް ހޯދުމަކީ ނުވަތަ ރެކޯޑެއް ގާއިމުކުރުމަކީ އެއްވެސް އިރަކު އެ ބޭންޑުގެ އަމާޒެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އެ ބޭންޑުން އެންމެ ބޮޑު އިސްކަމެއް ދެނީ ސަޕޯޓަރުން އުފާކޮށްދީ، އެމީހުން ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކުރުމަށެވެ.

މި ނިންމުމަކީ ގްރެމީ އެވޯޑްސް އިންތިޒާމުކުރާ ރެކޯޑިން އެކަޑަމީއަށް ލިބޭނެ ބޮޑު ދެރައެކެވެ.

ސްޓްރޭ ކިޑްސް އަކީ އެމެރިކާގައި އާދަޔާ ހިލާފު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. އެގޮތުން ދާދި ފަހުން ނިއުޔޯކްގައި ބޭއްވި "ގަވަނާސް ބޯލް" ފެސްޓިވަލްގައި ލޯޑް އަދި އޭސެޕް ރޮކީ ފަދަ މަޝްހޫރު ފަންނާނުންނާއެކު އެ ބޭންޑުން ވަނީ އިސް ފަންނާނުންގެ ގޮތުގައި ޕާފޯމްކޮށްފަ އެވެ.

އެމެރިކާގެ އަލްބަމް ޗާޓުގެ އެއްވަނަ އެންމެ ގިނައިން ހޯދުމުގެ ރެކޯޑުގައި ސްޓްރޭ ކިޑްސް އަށް ވުރެ ކުރީގައި އުޅެނީ ދުނިޔޭގެ މަޝްހޫރު ބޭންޑް "ދަ ބީޓްލްސް" އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox