ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ތިން ސައިންސްވެރިއަކަށް ބޭސްވެރިކަމުގެ ނޯބެލް އިނާމު!

Oct 6, 2026, 7:01 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

ސިކުނޑީގެ ވަކިވަކި ނާރުތަކުގެ މަސައްކަތްތައް ހުއްޓުވުމަށާއި އަލުން ފެށުމަށް ނުވަތަ "ސްވިޗް އޮން އެންޑް އޮފް" ކުރުމާ ގުޅޭ ގޮތުން ހޯދުންތައް ހޯއްދެވި ތިން ސައިންސްވެރިއަކަށް މި އަހަރުގެ ބޭސްވެރިކަމުގެ ދާއިރާގެ ނޯބެލް އިނާމު ހޯމަ ދުވަހު އަރުވައިފި އެވެ.

މި ޝަރަފުވެރި އިނާމު ލިބިވަޑައިގަތީ އުމުރުން 54 އަހަރުގެ ކާލް ޑައިސަރޯތު އާއި، 71 އަހަރުގެ ޕީޓާ ހެގަމަންގެ އިތުރުން 73 އަހަރުގެ ޖޯޖް ނާގެލް އަށެވެ. ޖަރުމަނާއި އެމެރިކާގެ ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ މި ތިން ސައިންސްވެރިން ވަނީ "ލައިޓް-ގޭޓަޑް އަޔަން ޗެނަލްސް" އާއި "އޮޕްޓޯޖެނެޓިކްސް" އާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވާފަ އެވެ.

ނޯބެލް އެސެމްބްލީން އެ ބޭފުޅުންގެ މަސައްކަތަށް ތައުރީފު ކުރައްވަމުން އެކްސްގައި ބުނެފައިވަނީ، އެ ސައިންސްވެރިން ހޯއްދެވި އުސޫލުތަކަކީ މިހާރު މުޅި ދުނިޔޭގެ ލެބޯޓްރީތަކުގައި ސިކުނޑީގެ ސިއްރުތައް ދެނެގަތުމަށް ބޭނުންކުރަމުންދާ މުހިންމު ވަސީލަތްތަކެއް ކަމަށެވެ.

އެސެމްބްލީން ހާމަކޮށްފައިވާ ގޮތުގައި ކާލް ޑައިސަރޯތު މަސައްކަތް ކުރައްވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ސްޓެންފޯޑް ޔުނިވާސިޓީގަ އެވެ. އަދި ޕީޓާ ހެގަމަން ބާލިންގެ ހަމްބޯލްޓް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާއިރު، ޖޯޖް ނާގެލް މަސައްކަތް ކުރައްވަނީ ޖަރުމަނުގެ ޔުނިވާސިޓީ އޮފް ވިއުރްޒްބާގްގަ އެވެ.

އޮޕްޓޯޖެނެޓިކްސްގެ ސަބަބުން ނިއުރޯސައިންސް ނުވަތަ ސިކުނޑީގެ އިލްމުގެ ދާއިރާއަށް އާ ޒަމާނެއް އައިސްފައިވާ ކަމަށް ނޯބެލް އެސެމްބްލީން ސިފަކުރެ އެވެ. އަލީގެ އެހީގައި ސިކުނޑީގެ ނާރުތަކާއި ސާކިޓްތައް ކޮންޓްރޯލް ކުރެވޭނެ ގޮތް ހޯދުމުގެ ސަބަބުން، ސިކުނޑި މަސައްކަތްކުރާ ގޮތާއި، އިންސާނާގެ އުޅުމަށާއި ބަލިތަކަށް މަގުފަހިވާ ކަންކަން ދެނެގަތުމަށް ވަނީ ފަސޭހަވެފަ އެވެ.

މި ހޯދުންތައް ފެށިގެން އައީ އެއް ސެލް އެކުލެވޭ ފެހި ކުލައިގެ އަލްގޭ، އަލި ހުންނަ ދިމާލަށް ދަތުރުކުރާ ގޮތް ހެގަމަން ދިރާސާ ކުރެއްވުމުގެ ތެރެއިންނެވެ. ނޫކުލައިގެ އަލި އެޅުމުން އިލެކްޓްރިކަލް އިމްޕަލްސް އުފައްދައިދޭ ޕްރޮޓީނެއް ދިރާސާގެ ތެރެއިން ފާހަގަވި އެވެ. އަދި އެހެން ސެލްތަކަށް މި ޕްރޮޓީން ފޮނުވުމުން، އެ ސެލްތަކަކީވެސް އައްޔަށް އިޖާބަދޭ ސެލްތަކަކަށް ބަދަލުވެ އެވެ.

މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ދިރިހުރި މީދަލުގެ ސިކުނޑީގެ ނާރުތައް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ "ސްވިޗެއް" އުފެއްދުމަށްޓަކައި، އެ ޕްރޮޓީން ކޮންޓްރޯލްކުރާ ޖީން ބޭނުންކޮށްގެން ޑައިސަރޯތު ވަނީ އިތުރު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox