ދަވިއްގަނދުން ލިބޭ ސިއްހީ ފައިދާ

Aug 21, 2026, 12:17 PM
ދަވިއްގަނދު

ދަވިއްގަނދު

ދަވިއްގަނދަކީ ދިވެހިން ތައްޔާރުކުރާ ހަވާދުގެ ރަހަ ހެޔޮވަރު ކުރުމަށް އެންމެ މުހިންމު އެކައްޗެވެ. މިއީ ސިއްހީ ގޮތުން ކިހާ ފައިދާ ހުރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟ 

މިއީ މީގެ ސިއްހީ ގިނަ ފައިދާތަކެއްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވަމުން އަންނަ ބާވަތެކެވެ. ކާތަކެތީގެ ރަހަ މީރުކުރުމުގެ އިތުރުން، މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. 

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ދަވިއްގަނދަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެކެވެ. މީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވުމަކީ ލޭގައި ހުންނަ ކޮލެސްޓްރޯލް އާއި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން، މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތަކުން ދުރުކޮށްދެ އެވެ.

Advertisement

ނަފުސާނީ ދުޅަހެޔޮކަމަށް ބަލާއިރު، ހާސްކަމާއި ކަންބޮޑުވުން ކުޑަކުރުމަށް ޒަމާނުއްސުރެ ދަވިއްގަނދު ބޭނުންކުރަމުން އާދެއެވެ. ދާދި ފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ދަވިއްގަނދުން ހާސްކަމުގެ އަލާމާތްތަކަށް ލުޔެއް ލިބިގެންދެއެވެ. ހަމައެއާއެކު، ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ. ބަނޑު ފުއްޕުމާއި، ބަނޑުގައި ރިއްސުން ފަދަ ކަންކަމަށް ގިނަ ބަޔަކު މި ބޭނުންކުރެ އެވެ. 

ދަވިއްގަނދުގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީން، އަދި މަދު މިންވަރަކަށް ފެޓް އެކުލެވިގެންވެއެވެ. މިއީ ޕޮޓޭސިއަމް، ސޯޑިއަމް، ފޮސްފަރަސް އަދި ކެލްސިއަމް ފަދަ މުހިންމު މިނަރަލްތަކުން މުއްސަނދި ބާވަތެކެވެ.

ދަވިއްގަނދު ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ބައެއް ކަންކަން ހުރެއެވެ. ފެނަލްގައި އެކުލެވޭ އެސްޓްރަގޯލް ކިޔާ މާއްދާއެއްގެ ސަބަބުން، މާ ގިނައިން ބޭނުންކުރުމަކީ ބައެއް ހާލަތްތަކުގައި ނުރައްކާވެދާނެ ކަމެކެވެ. ނަމަވެސް ކާނާގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ މިންވަރަކީ ސިއްހަތަށް ނުރައްކާވާ މިންވަރެއް ނޫންކަމަށް ދިރާސާތަކުން ދައްކައެވެ.

ޖުމްލަގޮތެއްގައި ދަވިއްގަނދަކީ ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް އެކުލެވިގެންވާ، ކާނާގެ ރަހަ މީރުކޮށްދޭ ވަރަށް މުހިންމު ބާވަތެކެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އާދަކުރާއިރު، ކާނާގެ ތެރޭގައި މި ބާވަތް ހިމެނުމަކީ ސިއްހީ ގޮތުން ލިބޭނެ ފައިދާ އެކެވެ. 

ހަވާދުގެ އިތުރުން ދަވިއްގަނޑު އެހެން ކާއެއްޗިއްސާވެސް އެއްކުރެވިދާނެ އެވެ. އަދި ދަވިއްގަނދު ފެން ވެސް ތައްޔާރު ކުރެވިދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox